24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ސައުދީ-ކެނެޑާ

ސައުދީގައިި ހުރި ކެނެޑާ އެމްބަސެޑަރ ފޮނުވާލަނީ

  • ކެނެޑާގެ އެމްބަސެޑަރަށްވަނީ ގައުމު ދޫކޮށް ދިއުމަށް 24 ގަޑިއިރު ދީފައި
  • ކެނެޑާއިންވަނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިިވިސްޓުން ހައްޔަރުކުރާތީ ކަންބޮޑުވާކަމަށް ބުނެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 6 އޯގަސްޓު 2018 | ހޯމަ 08:36 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ހިލަރީ ކްލިންޓަން(ކ) އަދި މިޝޭލް އޮބާމާ(ވ) މެދުގައި ސަމަރް ބަދާވީ. އޭނާއަށްވަނީ 2012 ވަނަ އަހަރު ވިމެން އޮފް ކަރޭޖް އޮވޯޑް ލިބިފައި -- އޭއެފްޕީ

ސައުދީ އަރަބިއާގެ ދާޚިލީ ކަންކަމާއި ބެހޭކަމަށްބުނެ ކެނެޑާއާއި އެކު ކުރިޔަށްގެންދާ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް މަޑުޖައްސާލައި އެ ގައުމުގައި ހުންނަ އެމްބަސެޑަރު ފޮނުވާލަން ނިންމައިފިއެވެ.

ސައުދީގެ ފޮރިން މިނިސްޓްރީއިން ސިލްސިލާކޮށް ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ އެ ގައުމުގައި ހުންނެވި ކެނެޑާގެ ސަފީރު ފޮނުވާލުމަށްފަހު ކެނެޑާގައި ހުންނެވި ސައުދީގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ސައުދީން މި ފިޔަވަޅު އަޅާފައިވަނީ އެގައުމުގައި އިންސާނީ ހައްގުތަކަށް ގޮވާލާ އެތައް އެކްޓިވިސްޓުންނެއް ހައްޔަރުކޮށްފައިވާކަމަށާއި އެކަމާ އިންތިހާއަށް ކަންބޮޑުވާކަމަށް ކެނެޑާއިން ބުނުމުންނެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ސައުދީއާއި އެމެރިކާއަށް ނިސްބަތްވާ، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އެކްޓިވިސްޓެއްކަމަށްވާ ސަމަރް ބަދާވީ ހިމެނެއެވެ.

ސަމަރް ބަދާވީ ގެންދިޔައީ ސައުދީގައި އަންހެނުންގެ ބަލަދުވެރިކަން ފިރިހެނުންގެ މައްޗަށް އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.

ސައުދީގެ ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ "ދާޚިލީ ކަންކަމާއި ބެހޭ އެއްވެސް ފަރާތެއް ބަލައި ނުގަންނާނެ" ކަމަށެވެ.

އެ ގައުމުން އިޝާރާތް ކޮށްފައިއެވަނީ، މަދަނީ ޖަމްއިއްޔާތަކުގެ ފަރާތްތަކާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް ވަގުތުން މިނިވަންކުރުމަށް މިދިޔަ ހަފްތާގައި ކެނެޑާއިން ގޮވާލި ގޮވާލުމަށެވެ.

ސައުދީ އަރަބިއާއިން އެޅި ޑިޕްލޮމެޓިކް ފިޔަވަޅުތަކާއިމެދު ކެނެޑާ ސަރުކާރުގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް