18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޑެމީ ލޮވާޓޯ

މިކަމުން އަރައިގަންނަން ވަގުތު ބޭންވޭ: ޑެމީ ލޮވާޓޯ

  • އޯވަޑޯޒްވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޖުލައިގައި
  • ޑެމީގެ ފުރަތަމަ ލަވަ އަލްބަމް ނެރެފައި ވަނީ 2008 ވަނަ އަހަރު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 އޯގަސްޓު 2018 | ހޯމަ 08:26 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޑެމީ ލޮވާޓޯ -- ދި ގާޑިއަން

މަަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ވަގުތު ބޭނުންވާކަމަށް ޖުލައި މަހުގެ 24 ވަނަ ދުވަހު އޯވަޑޯޒް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޑެމީ ލޮވާޓޯ ބުނެފިއެވެ.

އެޑްމިޓްވި ފަހުން ފުރަތަމަ ފަހަރަށް އިންސްޓަގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ޑެމީ ބުނެފައިވަނީ އޭނާ މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ކަމާއި އެފަދަ ކަމެއް ނުކުރާތާ ހަ އަހަރު ފަހުން އަލުން އޭގެ ތެރެއަށް ވަދެވިފައިވާ ކަމަށް އޭނާ ގެންދިޔައީ ހާމަކުރަމުންކަމަށެވެ.

 މިއީ އޭނާ އެކަމުން އަރައިގަންނަން މަސައްކަތް ކުރުމުގެ ވަގުތު ކަމަށާއި އޭނާ އެކަމާއި ހަނގުރާމަ ކުރާނެކަމަށް ޑެމީ ވަނީ ބުނެފައެވެ. ޑެމީވަނީ އޭނާގެ ޕޯސްޓުގައި އާއިލާއާއި އޭނާގެ ފޭނުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިން ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ޑެމީ ބޭނުން ވަނީ ހޮސްޕިޓަލަށްފަހު ރީހެބަށް ގޮސް އިތުރު ފަރުވާ ހޯދުމަށެވެ.

އޯވަޑޯޒްވެގެން ހޭނެތިފައި އޮއްވާ ޑެމީ ފެނުނީ ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ އޭނާގެ ގޭގައި އޮއްވައެވެ. އޭނާ އާންމުންގެ ތެރެއަށް ތާރަފްވެފައިވަނީ ކުޑަކުދިންގެ ޓީވީ ސީރީޒްއެއް ކަމަށްވާ ބާނީ އެންޑް ފްރެންޑްސް އިންނެވެ. ޑެމީގެ ފުރަތަމަ ލަވަ އަލްބަމް ނެރެފައި ވަނީ 2008 ވަނަ އަހަރު ނެރުނު ޑޯންޓް ފޮގެޓް ކިޔާ އަލްބަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް