22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

ތުރުކީ- އެމެރިކާ

އެމެރިކާގެ ދެ ވަޒީރަކާއި ދެކޮޅަށް ތުރުކީން ފިޔަވަޅު އަޅައިފި

  • އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ އެމެރިކާގެ ފާދިރީ އެންޑްރޫ ބަރަންސަން ދޫނުކޮށްގެން
  • ތުރުކީން ފިޔަވަޅު އެޅީ އެގައުމުގެ ދެ ވަޒީރަކަށް ފިޔަވަޅު އެޅުމުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 އޯގަސްޓު 2018 | ހޯމަ 08:06 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  4. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ރައީސް ރަޖަބް ތައްޔިބް އުރުދުޣާން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ). އެމެރިކާއިން ތުރުކީއަށް ފިޔަވަޅު އެޅުމާއެކު އެގައުމުންވެސް އެމެރިކާއަށް ވަނީ ފިޔަވަޅު އަޅާފައި -- އަލްޖަޒީރާ

ތުރުކީގެ ދެ ވަޒީރަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނިކޮށް އެމެރިކާގެ ދެ ވަޒީރަކާ ދެކޮޅަށް ތުރުކީން ވެސް ފިޔަވަޅު އަޅައިފިއެވެ.

ތުރުކީގެ ދެ ވަޒީރުންނާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުއެޅީ އެދެބޭފުޅުންނަކީ އެމެރިކާގެ ފާދިރީ އެންޑްރޫ ބަރަންސަން ތުރުކީން ހައްޔަރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ދެބޭފުޅުންކަމަށާއި އެދެބޭފުޅުންނަކީ ތުރުކީގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަންފީޒުކުރާ އިދާރާތައް ހިންގަވާ ދެވެރިންކަމަށް ބުނެއެވެ.

އެމެރިކާއިން ފިޔަވަޅު އެޅި ދެ ވަޒީރުންނަކީ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫއާއި، ޖަސްޓިސް މިނިސްޓަރު އަބްދުލްހަމީދުއެވެ.

ތުރުކީން އެމެރިކާގެ ދެ ވަޒީރަކާ ދެކޮޅަށް ފިޔަވަޅު އެޅީ އެމެރިކާއިން ތުރުކީގެ ދެވަޒީރަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައި ވާތާ ހަފްތާއެއް ވެސް ނުވަނީހެވެ.

ތުރުކީގެ ދައުލަތުގެ މިޑިއާ އަނާދޫލޫއިން ރިޕޯޓްކޮށްފައިވާގޮތުގައި ފިޔަވަޅު އަޅަން ނިންމީ އެމެރިކާގެ ޖަސްޓިސް އަދި އިންޓީރިޔާ ޑިޕާޓްމަންޓުގެ ދެ ސެކެޓްރީންނާ ދެކޮޅަށެވެ.

ފިޔަވަޅު އެޅުމަށް ނިންމަވައި ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ އެގައުމުގެ ދެ ވަޒީރަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ފަސް ޖެހޭނެކަމެއް ނޫންކަމަށެވެ. އަދި އެމެރިކާއިން އެދޭހާ ކަންތައްތަކަށް ބޯ ނުލަނބާނެކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް