24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

އެބޯލާ ވައިރަސް

އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 33 އަށް، ނުރައްކާ ބޮޑު

  • 13 މީހަކަށް ބަލި ޖެހިގެން ދަނީ ފަރުވާ ހޯދަމުން
  • އިތުރު 30 މީހަކު ވަނީ ބަލި ޖެހިފައިވާކަމަށް ޝައްކު ކުރެވިފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 6 އޯގަސްޓު 2018 | ހޯމަ 08:04 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ކޮންގޯގެ ހެލްތު ވަރކަރަކު ބަލި އުޅޭ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ -- އޭއެފްޕީ/ގެޓީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ(ޑީއާރްސީ)ގައި ނުރައްކާތެރި އެބޯލާ ވައިރަސް ޑިސީސް ( އީވީޑީ) ޖެހިގެން މިހާތަނަށް 33 މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު އިތުރު ވާނެއެވެ. ސިއްހަތު ޖަމިއްޔާގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އޮފް އިމަޖެންސީ ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް، ޑޮކްޓަރ ޕީޓަރ ސަލަމާ ވިދާޅުވީ އިތުރު 13 މީހުންނަށް އެބޯލާ ޖެހިގެން މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

އެންމެ ގިނައިން އެބޯލާ ބަލި ފެނިފައިވަނީ އަދި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ކޮންގޯގެ އިރުމަތީ އޮންނަ ކިވޫ ޕްރޮވިންސާއި އެސަރަހައްދު ކައިރީގައިވާ ހިސާބުތަކަށް ކަމަށް ކޮންގޯގެ ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެބޯލާއަށް ޝައްކު ކުރެވޭ އިތުރު 30 މީހުން ރަޖިސްޓަރ ކޮށްފައިވާކަމަށެވެ.

ދުނިޔެއިން އެންމެ ފުރަތަމަ އެބޯލާ ފެނިފައިވަނީ ވެސް 1976 ވަނަ އަހަރު ކޮންގޯ އިންނެވެ.

އެބޯލާ ޖެހުމުން އެއިން ސަލާމަތް ވުމަށް ވަކި ޚާއްސަ ބޭހެއް ނުހުރެއެވެ. އެބޯލާ ބައްޔަކީ ބަލިޖެހޭ ގިނަ މީހުން އެބަލީގައި މަރުވާ ބައްޔެކެވެ. އެހެން ނަމަވެސް ބައްޔަށް ބޭނުން ކުރެވޭ އެކްސްޕެރިމެންޓަލް ވެކްސިން އެއް ވަނީ ތައާރުފު ކޮށްފައެވެ. މި ވެކްސިން ކާމިޔާބު ކަމަށް ބުނެއެވެ. އެބޯލާ ޖެހޭ މީހުންގެ އަދަދު އެންމެ ބޮޑަށް ރެކޯޑް ކުރެވިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ އަހަރު 11،000 އަށްވުރެ ގިނަ މީހުން ވަނީ އެބޯލާ ބަލީގައި މަރުވެފައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި، ގައިގައި ރިއްސުމާއި، އެތެރެހަށިން ލޭ އައުން ހިމެނެއެވެ.

ބަލިޖެހޭ 90 އިން ސައްތަ މީހުންގެ ފުރާނަ ގެއްލޭކަން ރެކޯޑް ކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް