23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ލޮމްބޮކަށް އައި ބިންހެލުން

ލޮމްބޮކް: ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 82 އަށް އަރައިފި

  • ބިންހެލުން އައިސްފައިވަނީ 7 މެގްނިޓިއުޑްގައި
  • ކަރަންޓުގެ ޚިދުމަތް ކެނޑިގެންދިއަ
އަބުދުﷲ މުހައްމަދު | 8Abbo

| 6 އޯގަސްޓު 2018 | ހޯމަ 08:03 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


5 އޯގަސްޓް 2018 ގައި އިންޑޮނީޝިއާގެ ލޮމްބޮކްއަށްއައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކެއް -- ބީބީސީ

އިންޑޮނީޝިއާގެ ރަށެއްކަމަށްވާ ލޮމްބޮކްއަށް އާދީއްތަ ދުވަހުއައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާއިރު މަރުވި މީހުންގެ އަދު އަދިވެސް އިތުރުވާނެކަމަށް ބެލެވެއެވެ.

ބިމުގެ އެއްމެ 10 ކިލޯމީޓަރު އަޑިން އައި މި ބިންހެލުން އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 7 ގެ ބާރުމިނުގައެވެ. ބިންހެލުމުގައި އެތައް އިމާރާތެއްވެއްޓި ކަރަންޓުގެ ޚިދުމަތްވަނީ ކެނޑިއެވެ.

ލޮމްބޮކްގެ އަވަށްޓެރި ބާލީގެ ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި އެރަށުގައިވެސް ގެތަކުން ނުކުމެ ހަޅޭއްލަވަމުން މީހުން ދުވާ މަންޒަރުފެނެއެވެ.

ސުނާމީގެ އިންޒާރެއް ނެރުނު ނަމަވެސް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިންޒާރުވަނީ އުވާލާފައެވެ.

ފަރުބަދައަށް އެރުމަށާއި ރީތި ގޮނޑުދޮށްތަކުގެ ސަބަބުން ޓޫރިސްޓުންގެ މެދުގައި މަގުބޫލު ލޮމްބޮކްއަށް އާދީއްތަ ދުވަހު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު އޭގެ ކުރީހަފްތާގެ އާދީއްތަ ދުވަހު ލޮމްބޮކްއަށް އައި ބިންހެލުމުގައި 16 މީހުން މަރުވެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 އަކަށް ކިލޯމީޓަރު ދުރުމިނުގައެވެ.

ބާލީއާއި ލޮމްބޮކްގެ އާބާދީ ގާތްގަނޑަކަށް ހަތަރު މިލިއަނަށްއަރާއިރު އަހަރެއްގެ ތެރޭގައި ދެ ރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް