23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީން މުލަކު ދާއިރާއަށްވެސް ހޮވުނީ ރައީސް މައުމޫނާއި މެމްބަރު ނާޒިމްގެ ސަބަބުން: ވަކީލް ފައިސަލް

  • ދިއްގަރު ދާއިރާއާއި ދޭތެރޭ ރައީސް އަބްދުﷲ ޔާމީން އެހާ ނަފްރަތު ކުރައްވަނީ ކީއްވެގެންކަމެއް ނޭނގެ
މިއުވާން މުހައްމަދު | Miuvaan

| 5 އޯގަސްޓު 2018 | އާދީއްތަ 22:35 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ދިއްގަރުގައި ބޭއްވި ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް ޔާމީނަށް މ. އަތޮޅުންވެސް އަދި މުލަކު ދާއިރާއިންވެސް ތާޢީދެއް ނެތްކަމަށް ކުރީގެ ރައީސް މައުމޫނާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ މުހައްމަދު ފައިސަލް ވިދާޅުވިއެވެ.

މ. ދިއްގަރުގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދިއްގަރު ދާއިރާއާއި ދޭތެރޭ ރައީސް އަބްދުﷲ ޔާމީން އެހާ ނަފްރަތު ކުރައްވަނީ ކީއްވެގެންކަމެއް ނޭނގޭކަމަށެވެ. އަދި 5 އަހަރުވަންދެން ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި ރަނގަޅަށް އިއްވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްއާއި ދޭތެރޭވެސް ސަރުކާރުން ކަންތައްކުރި ގޮތާއި މެދު ރައްޔިތުން ހިތްހަމަނުޖެހިފައިވާ ތިއްބެވިކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ނާޒިމް އަކީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވައިގެން ހުންނެވި ބޭފުޅެއްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ނާޒިމްއަށްފަހު ދިއްގަރު ދާއިރާއަށް ފާރިސް މައުމޫން ހޮވިވަޑައިގަތީ މ. އަތޮޅުގައި ރައީސް މައުމޫނަށް އޮތް ތާޢީދެއްގެ ސަބަބުންކަމަށާއި ރައީސް ޔާމީންގެ މަސައްކަތުން ނޫންކަމަށެވެ. އަދި ރައީސް ޔާމީން މީގެ ކުރިން ދުވަހަކުވެސް ރައްޔިތުންގެ ސީދާ ތާޢީދުން އެއްވެސް މަޤާމަކަށް ނުހޮވޭކަމަށް ވިދާޅުވެ ފައިސަލް ވިދާޅުވީ، ރައީސް ޔާމީން މީގެ ކުރިން މަޖިލީހުގެ މުލަކު ދާއިރާއަށް ހޮވިވަޑައިގަތީވެސް ރައީސް މައުމޫނާއި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމްގެ މަސައްކަތުންނާއި، އެބޭފުޅުންނަށް މ އަތޮޅުގެ ރައްޔިތުންގެ ފަރާތުން އޮތް ލޯތްބާއި، ކުރައްވާ އިތުބާރެއްގެ ސަބަބުންނެވެ. އަދި މިހާރުވެސް ރައީސް ޔާމީން ވެރިކަމުގައި އެހުންނެވީ އެމަނިކުފާނަށް 2013 ވަނަ އަހަރު ރައީސް މައުމޫން ތާޢީދުކުރެއްވުމުންކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ ކުރިން ސިޔާސީ ޕޯޑިއަމްތަކުގައި އެއްވެސް ވަރަކަށް ވާހަކަ ދައްކަވާފައި ނުވާ ފައިސަލް އާދިއްތަ ދުވަހު ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ވާހަކަ ދެއްކެވިއިރު، ފައިސަލްގެ މުވައްކިލް އަދި ކުރީގެ ރައީސް މައުމޫން ޖަލުގައި ހުންނަވާތާ 180 ދުވަސްވަނީ ވެފައެވެ.

ފައިސަލް ވިދާޅުވީ ރައީސް މައުމޫން އެހާ ދުވަހު ޖަލުގައި ހުންނަވާކަމީ ހިތާމަވެރި ކަމެއްކަމަށާއި، އެހެން ނަމަވެސް ގިނަ ބަޔަކު އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ތާޢީދުކުރާކަމީ ރައީސް މައުމޫނަށް ޖަލުގެ ތޭރިތަކުގެ ފަހަތުން އުފާވެރިކަން ގެނުވާކަމެއް ކަމަށެވެ.

ރައީސް މައުމޫންގެ މެސެޖެއް ރައްޔިތުންނަށް ރައްދުކޮށްދެއްވަމުން ފައިސަލް ވިދާޅުވީ އެންމެހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ސެޕްޓެމްބަރު 23 ގައި ވޯޓު ދީ، މި ސަރުކާރު ބަދަލުކުރުމަށް ރައީސް މައުމޫން އެދިވަޑައިގަންނަވާކަމަށެވެ. ފައިސަލް މި ސަރުކާރު ސިފަކުރެއްވީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައެވެ.

މ. ދިއްގަރުގައި ގުޅިފައިވާ ޕާޓީތަކުން ޖަލްސާއެއް ބާއްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫގެ ރަނިންގމޭޓް ފައިސަލް ނަސީމް މުލަކު އަތޮޅާއި ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ފައިސަލްގެ އަރިހުގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް