24 ސެޕްޓެންބަރ 2018 | ހޯމަ | 05 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ނ. މާފަރު އެއަރޕޯޓް

މާފަރު އެއަރޕޯޓަށް އަންނަ ހަފްތާގައި ޓެސްޓް ފްލައިޓް ޖައްސަނީ!

  • 2،200 މީޓަރުގެ ރަންވޭގެ މަސައްކަތް ދަނީ ކުރަމުން
  • މާފަރުގައި ސިޓީ ހޮޓަލެއްވެސް ތަރައްޤީ ކުރާނެ
ރިޒުނާ ޒަރީރު | RiznaZareer

| 5 އޯގަސްޓު 2018 | އާދީއްތަ 16:41 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


މާފަރު އެއާޕޯޓް މަޝްރޫއު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް -- އާކައިވް

ނ.އަތޮޅު މާފަރުގައި ތަރައްޤީ ކުރަމުންދާ އެއަރޕޯޓުގައި އަންނަ ހަފްތާގައި ޓެސްޓް ފްލައިޓް ޖައްސަން ފަށާނެކަން ހާމަކޮށްފިއެވެ.

އެގޮތުން މިވަގުތު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ކުރަމުންދާއިރު މިމަސައްކަތް ނިމުމުން އަންނަ ހަފްތާގެ ތެރޭގައި ޓެސްޓް ފްލައިޓްތައް ޖަައްސަން ފަށާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ޑިރެކްޓަރ ޖެނެރަލް ސާމީ އާގިލް ބައެއް މީޑިއާ ތަކަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ 2،200 މީޓަރުގެ ރަންވޭގެ މަސައްކަތުގައި މިހާރު ކުރަމުންދަނީ ރަންވޭގައި ބޭނުންކުރާ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން އަންނަ ހަފްތާއަށް މިމަސައްކަތް ނިންމާލުމަށްފަހު ޓެސްޓް ފްލައިޓްވެސް ޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާފަރު އެއަރޕޯޓް ތަރައްޤީ ކުރަމުންދަނީ ސިޓީ ހޮޓެލެއް އަދި ރިސޯޓްވެސް ހިމެނޭ ގޮތަށެވެ. ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ މި އެއަރޕޯޓްގައި އެއްފަހަރާ 6 ޖެޓް އޮަޕަރޭޓްކުރެވޭނެއެވެ.

ނ. މާފަރުގައި އަޅަނީ ބައިނަލްއަގްވާމީ އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓު އަޅައިދެނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިންނެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

މާފަރު އެއަރޕޯޓް އަޅަން ޔޫއޭއީއަށް ދިނީ މާފަރުގައި އެއަރޕޯޓްއަޅަން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލްސް ޝިޔާމް)އަށް ދީފައި އޮއްވައެވެ. އަދި އޭގެ ކުރީގައި އެތަން ހަދަން ހަވާލުކޮށްފައިވަނީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ކުންފުންޏަކަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް