18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެތްލެޓިކްސް

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

  • ރެކޯރޑް އައުކުރެވިފައި ވަނީ ދުބާއީ މެރަތަންގެ 10 ކިލޯމީޓަރ ދުވުމުގައި
  • ޒައިދު ވަނީ މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހާޞިލުކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 25 ޖެނުއަރީ 2017 | ބުދަ 19:58 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް މުގުރާލި ޒައިދު ޝަރީފް -- ރާއްޖެއެމްވީ

ރާއްޖޭގެ 10 ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް 18 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެއްގޮތެއްގައި އޮތުމަށްފަހު އެރެކޯރޑް ޕޮލިސް ލާންސްކޯޕްރަލް ޒައިދު ޝަރީފު މުގުރާލައިފިއެވެ.

ޒައިދު އަށް ޤައުމީ ރެކޯރޑް އައުކުރެވިފައި މިވަނީ މިދިޔަ ހުކުރު ދުވަހު ދުބާއީގައި އޮތް ދުބާއީ މެރަތަންގެ 10 ކިލޯމީޓަރ ދުވުމުގައި ބައިވެރިވެ 34 މިނެޓް ސާޅީސް ސިކުންތު އިން ރޭސް ނިންމައިގެންނެވެ. މިއީ އެންމެ ފަހުގެ ޤައުމީ ރެކޯޑަށްވުރެ 65 ސިކުންތު ކުރިއެރުމެކެވެ. އަދި މިއީ މިދިޔަ އަހަރު ޒައިދު ރަން މެޑަލް ހާޞިލްކުރި ދިރާގު ރޯޑް ރޭހާއި ، ޤައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 10 ކިލޯމީޓަރުގެ ރޭސް ނިންމި ވަގުތެއްވުރެވެސް 1 މިނެޓް އާއި ސިކުންތުކޮޅެއް އަވަސް ވަގުތެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުގެ އޮޕަރޭޝަންސްގައި މަސައްކަތްކުރަމުން އަންނަ ޒައިދު އަށް ދިގު ދުވުމުގެ ތެރެއަށް ވަދެވުނީ ޕޮލިސްގައި މަސައްކަތްކުރާ ރައްޓެއްސެގެ އެހީތެރިކަމާއެކު ކަން އޭނާ ބުންޏެވެ.

"ދުވަން ފެށުމުގެ ކުރިން އެތްލެޓިކްސް ހަރަކާތެއްގައި ބައިވެރިވެފައެއްވެސް ނުވާނެ. ދުވުމުގެ ތެރެއަށް ވަދެވުނީ ޕޮލިސްގައި މަސައްކަތްކުރާ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ނައުފަލްގެ ވަރަށް ބޮޑު އެހީތެރިކަމާއެކު." ޕޮލިސް ލައިފަށް މަޢުލޫމާތު ދެމުން ޒައިދު ބުންޏެވެ.

ޒައިދު ވަނީ ދުވަން ފެށި ފަހުން މިވީ ހައެއްކަ މަސްދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހާޞިލުކޮށްފައެވެ.

އެގޮތުން އޭނާ ވަނީ މިދިޔަ އަހަރުގެ ދިރާގު ރޯޑުރޭހާއި ޤައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ 10 ކިލޯމީޓަރު ދުވުމުން ރަން މެޑަލް ހާޞިލުކުރުމުގެ އިތުރުން 'ރެޑްބުލް ކެޗް ދި ފެރީ' ރޭހުންވެސް 3 ވަނަ ހާޞިލުކޮށްފައެވެ.

 

ދިވެހި ޤައުމީ އެތްލެޓިކްސް ކޯޗް އަބްދުﷲ އިބްރާހިމް، އަބުޅޯ ކޯޗުގެ އިރުޝާދުގެ ދަށުން ތަމްރީނު ހަދަމުން އަންނަ ޒައިދަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޒުވާނެއްކަން ގިނަބަޔަކު ފާހަގަކުރެއެވެ. ފުލުހުންގެ ޑިއުޓީ އަދާކުރަމުން މިފަދަ ތަމްރީނުތަކަށް ވަގުތު ހޯދާ ގޮތާއި ބެހޭ ގޮތުން ޒައިދު ބުނެފައިވަނީ " އެކުގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމާއި ހިތްވަރު ލިބޭ" ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހުރި ހަމައެކަނި އަލްޓްރާ ރަނަރ އަކީ ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕްރިންޓެންޑެންޓެއްގެ މަޤާމުގައި ހުންނެވި އަޙުމަދު އާތިފް އެވެ.

މީގެއިތުރުންވެސް ދިގު ދުވުމުގައި ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރި ވަމުން އަންނައިރު ދިގުދުވުމުގައި ހަރަކާތެރިވަމުންދާ ކުލަބެއް ކަމަށްވާ "އައި ރަނަރސް" އަކީވެސްފުލުހުންތަކެއް އިސްވެތިބެ ހިންގަމުންދާ ކުލަބެއްކެވެ.

މީގެއިތުރުން ރާއްޖޭގޭ ހާފް މެރަތަންގެ ރެކޯޑްސްވެސް އޮންނަނީ ފުލުހެއް ކަމަށްވާ ޕޮލިސް ލ. ކޯޕްރަލް އަޙްމަދު ޝަރަފްގެ އަތުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް