25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ލޫލާގެ ކޮރަޕްޝަން

ބްރެޒިލް: ޖަލުބަންދުގައި ހުންނެވި ކުރީގެ ރައީސް ލޫލާ ރިޔާސީ ރޭހަށް

  • ލޫލާއަށް ކުރިމަތިލެއްވޭނެކަމެއް އަދި ސާފެއް ނުވޭ
  • ޚިޔާލު ހޯދުމުގެ ވޯޓްތަކުން އެންމެ ކުރީގައި އުޅުއްވަނީ ލޫލާ
އަބުދުﷲ މުހައްމަދު | 8Abbo

| 5 އޯގަސްޓު 2018 | އާދީއްތަ 09:38 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


މިދިޔަ އޭޕްރީލް މަހު ގެ ތެރޭގައި ފުލުހުންނާއި ހަވާލުވުމަށް ލޫލާ ޔޫނިއަން ބިލްޑިންގ އޮފީހުން ނުކުމެ ވަޑައިގަންނަވަނީ -- ރޮއިޓަރސް

ބްރެޒިލްގެ ވާތުފިޔައިގެ ވޯކާސް ޕާޓީން އެ ގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކަށް، ކޮރަޕްޝަނުގެ މައްސަލައިގައި ޖަލުބަންދުގައި ހުންނެވި އެ ޕާޓީގެ ފައުންޑަރ، އަދި އެ ޤައުމުގެ ކުރީގެ ރައީސް ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވާ ކަނޑައަޅައިފިއެވެ.

ބްރެޒިލްގެ ރިޔާސީ އިންތިޚާބު އޮންނާނީ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުންދައްކާގޮތުގައި އިންތިޚާބުގައި އެންމެ ކުރީގައި އުޅުއްވަނީ ލޫލާ ނަމަވެސް އޭނާއަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެކަން އަދި ކަށަވަރެއް ނުވެއެވެ.

މީގެ ކުރިން 2003 އާއި 2010 ވަނަ އަހަރާއި ދެމެދު މަގުބޫލު ބޭފުޅެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރެއްވި ލޫލާ ޖަލަށްލާފައިވަނީ މި އަހަރުގެ އޭޕްރީލްމަހުއެވެ.

އުމުރުފުޅުން 72 އަހަރުފުޅުގެ ލޫލާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާ ގެންދަވަނީ ކުށެއް ނުކުރައްވާކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ލޫލާގެ މައްޗަށް މިދިޔަ އަހަރުގެ ޖޫން މަހު އެންމެ ފުރަތަމަ ހުކުމް ކުރީ 9 އަހަރަށް ޖަލަށް ލުމަށް ކަމަށްވާއިރު އިސްތިއުނާފު ކޯޓުން މި އަހަރުގެ ޖެނުއަރީ މަހު ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓައި އަދި އިތުރު ތިން އަހަރާއިއެކު 12 އަހަރުގެ ޖަލު ހުކުމަކަށް އެމަނިކުފާނުގެ ޙުކުމް ބަދަލު ކޮށްފައެވެ.

ދަގަނޑުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު ޔޫނިއަން ލީޑަރަކަށް ވެވަޑައިގެން އޭގެ ފަހުން ވެރިކަމަށް ވަޑައިގެންފައިވާއިރު އެ މަނިކުފާނު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި ވާތުފިޔައިގެ ލީޑަރެއްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ލީޑަރުގެ ގޮތުގައެވެ.

ޖެހިޖެހިގެން ތިންވަނަ ދައުރަކަށް ކުރިމަތި ނުލެއްވޭތީ ލޫލާގެ ދެވަނަ ދައުރަށް ފަހު ކުރިމަތިލެއްވީ އަރިސް ބޭފުޅެއް ކަމަށްވާ ޑިލްމާ ރޫސެފްއެވެ. ޑިލްމާގެ މައްޗަށް ވެސް ކޮރަޕްޝަންގެ ތުޙުމަތުކޮށް އެކަމަނާ ވެސް ވަނީ ވެރިކަމުން ދުރުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް