17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

މަޑޫރޯއަށް ދިން ހަމަލާ

ވެނެޒުއޭލާގެ ރައީސްއަށް އަމާޒުކޮށްދިން ޑްރޯން ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންފި

 • ހަމަލާގައި ސިފައިންގެ ހަތް މީހުން ޒަޚަމްވި
 • ހަމަލާގެ ތުހުމަތު މަޑޫރޯ ކުރައްވާފައިވަނީ ކޮލަމްބިއާއަށް
 • ހަމަލާއަށްފަހު އެތައްބަޔަކު ހައްޔަރުކުރި
އަބުދުﷲ މުހައްމަދު | 8Abbo

| 5 އޯގަސްޓު 2018 | އާދީއްތަ 08:31 | |

މަގުބޫލް

 1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
 2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
 3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
 4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
 5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
 6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


5 އޯގަސްޓް 2018 ވަނަ ދުވަހު ވެނެޒުއޭލާގައި ރައީސް ނިކޮލަސް މަޑޫރޯއަށް އަމާޒުކޮށްދިން ހަމަލާއަށްފަހު ބުލެޓް ޕްރޫފް ޝީލްޑް އަޅައިގެންތިބި ބޮޑީގާޑުން މަޑޫރޯއަށް ރައްކާތެރިކަންދެނީ -- އާކައިވް

ގޮއްވާލެވޭ ޑްރޯންއެއް ބޭނުން ކޮށްގެން އަވަހާރަ ކޮށްލުމަށް ދޭން އުޅުނު ހަމަލާއަކުން ސަލާމަތްވެވަޑައިގެންފި ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.

ކުރިމަތިވެ ވަޑައިގެންނެވި ކަމަށް ބެލެވޭ ހަމަލާ ކުރިމަތިވެވަޑައިގެންފައި ވަނީ އަސްކަރިއްޔާއަށް 81 އަހަރު ފުރުން ފާހަގަ ކުރުމަށް ވެރިރަށް ކަރާކަސްގައި އަސްކަރިއްޔާއިން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުންގެންދަވަނިކޮށެވެ.

ވަގުތުން ދެއްކި ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި ހައިރާންވެ ވަޑައިގެން މަޑޫރޯ ކުއްލިގޮތަކަށް މައްޗަށް ބައްލަވަން ހުންނެވިއިރު ސިފައިން ކޮޅުކޮޅު މައްޗަށް ދުވާ މަންޒަރު ފެނެއެވެ.

މަޑޫރޯވަނީ އެ ހަމަލާގެ ފަހަތުގައިވަނީ ކޮލަމްބިއާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަމަވެސް އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް ބުނެ އެ ވާހަކަ ދޮގު ކޮށްފައެވެ.

މަޑޫރޯ ވިދާޅުވީ މި ހަމަލާގެ ފަހަތުގައި ހުންނެވީ ކޮލަމްބިއާގެ ރައީސް ހުއާން މެނުއެލް ސަންތޯސް ކަމާއިމެދު "އެއްވެސް ޝައްކެއް ނެތް" ކަމަށެވެ.

ސިފައިންގެ ހަތް މީހުން ޒަޚަމްވެފައިވާއިރު،ހަމަލާއަށް ފަހު އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރ ޖޯޖް ރޮޑްރިގޭޒް ވިދާޅުވީ ގޮވާތަކެތި ބަރުކޮށްފައިވާ ދެ ޑްރޯންއެއް ރައީސް މަޑޫރޯ ވާހަކަ ދެއްކެވުމަށް ހުންނެވުމަށް ހަމަޖައްސާފައިވާ ސްޓޭންޑް ކައިރިން ދަތުރުކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން ގައުމާ މުޚާތަބު ކުރައްވައި މަޑޫރޯ ވިދާޅުވީ "އުދުހިފައި ދިޔަ އެތި ގޮވީ އަޅުގަނޑުގެ ކައިރިން،ބާރުގަދަ ގޮވުމެއް. ސިކުންތުކޮޅެއްފަހުން ދެވަނަ ގޮވުމެއް ގޮއްވާލި"

ސޯޝަލް މީޑިއާގައި ދައުރުވެފައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބުލެޓް ޕްރޫފް ޝީލްޑް އަޅައިގެންތިބި ބޮޑީގާޑުން މަޑޫރޯއަށް ރައްކާތެރިކަންދޭ މަންޒަރުފެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް