17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މެގަން މާކަލް

މޭގަން މާރކެލް ކުރުކަމަށް ދައްކަނީ ކީއްވެ؟

  • އުސްފައިވާނަށް އަރައިގެން އުޅެނީ އެއްވެސް ހާސްކަމެއެއް ނެތި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 4 އޯގަސްޓު 2018 | ހޮނިހިރު 19:53 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


އިނގިރޭސީ ޝާހީ އާއިލާގައި މެގަންއަށް ވުރެ ހަމައެކަނި ކުރީ ކުއީން އެލިޒަބަތު -- ގެޓީ އިމޭޖާސް

އިނގިރޭސީ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ހެރީ އާއި ކައިވެނި ބައްލަވައިގަތް ބަތަލާ މެގަން މާކަލް މާ ކުރުވަނީ ހެއްޔެވެ؟ އުސް އުސްފައިވާން ތަކަށް އަރައިގެން އުޅެން އުދަގޫވާއިރު ވެސް އެއްވެސް ހާސްވުމެއް މޫނުމަތިން ނުދައްކާ ފަރިތަކަމާއެކު އެއަށް އަރައިގެން އުޅޭތަން ފެންނަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު ވަރަށް ކުރެވެ. "ހޮރިބަލް ބޮސެސް" ފަދަ ފިލްމުތަކާއި "ސުއިޓްސް" ޑްރާމާ ސިލްސިލާއިން ފެނިފައިވާ 37 އަހަރުގެ ބަތަލާ އާއްމު އިސްކޮޅުގެ މީހުންނާއި އަޅާ ބަލާއިރު ދިގެވެ. ނަމަވެސް އޭނާގެ ކައިވެންޏަށްފަހު ދިރިއުޅުން ބަދަލު ކުރި ޝާހީ އާއިލާއާ ކައިރީ އުޅޭއިރު އެމީހުންނާއި އަޅާބަލާއިރު ކުރެވެ. ރާނީ އެލިޒަބަތު ފިޔަވައެވެ.

ހަތަރު އިންޗީގެ ހީލްއަކަށް އަރާނަންތޯ މީހެއްގެ ކައިރީ އަހައިފިނަމަ އޭނާގެ ގައިން ހީބިހި ނަގާނެކަން ޔަގީނެވެ. ނަމަވެސް މެގަން އެއަށް އަރައިގެން އުޅޭއިރު، ފެންނަ މީހަކަށް ހީވާނީ އެއީ ފެންތައްޓެއް ބޯލުންހާ ފަސޭހަ ކަމެއް ކަމަކަށެވެ. އެ އަރާމީހުންގެ ފައިގާ ގަދައަށް ރިއްސާ ވާހަކާއި ހިނގަން އުނދަގޫ ވާހަކައާއި އަރިއަޅާލައިގެން ވެއްޓޭ ވާހަކަ ބުނެވެމުން ދިޔަނަމަވެސް އެ ކުޅަދާނަ ބަތަލާ ދަނީ ފިލްމު ކުޅުނުއިރު ދެއްކި ހުނަރަށްވުރެ މާ ކުޅާދާނަ ހުނަރެއް އެ ހީލްސްއަށް އަރައިގެން ދައްކަމުންނެވެ. ހިނގުމުގައި ނުފަރިތަކަމެއް ހަމަ ނެތީއެވެ.

މެގަން އެ ހަތަރު އިންޗީގެ ހީލްސަށް އަރައިގެން އުޅޭއިރު ވެސް ފާހަގަ ކުރެވޭކަމަކީ ކުރިން ވެސް ބުނިފަދައިން އޭނާ ޝާހީ އާއިލާގެ މީހުންގެ ކުރި މަތީގައި ކުރުކަމެވެ. މަޖުބޫރު ވެގެން ގޮސް ދިގު ހީލްސްއަށް އަރާފައި ހުންނައިރު ވެސް ފާހަގަ ކުރެވޭ ކަމަކީ ފިރިކަލުން ޕްރިންސް ހެރީއަށްވުރެ މާބޮޑުތަން ވެސް ކުރުކަމެވެ. 5 ފޫޓު 6 އިންޗި ހުންނަ މެގަން އެ ހީލްސްއަށް އަރައިގެން ހުންނައިރު ވެސް ޕްރިންސް ހެރީގެ މޫނުގެ މެދާ ހަމައަށް އަރަނީ ކިރިއާއެވެ.

ޝާހީ އާއިލާގެ ގިނަ މީހުންގެ އިސްކޮޅު 6 ފޫޓާ ގާތް ކުރާއިރު ޕްރިންސް ހެރީގެ އިސްކޮޅުގައި ހުންނީ 6 ފޫޓު 1 އިންޗިއެވެ. އަދި ޝާހީ އާއިލާގެ އެންމެ އިސްކޮޅުން ދިގު، ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމްސްގެ އިސްކޮޅުގައި ހުންނަނީ 6 ފޫޓު 3 އިންޗިއެވެ.

އެހެން ކަމުން މެގަން ކޮންމެހެން ދިގު ހީލްސްއަށް އަރާ އެހުންނަނީ ބޭނުން ވެގެން ނޫން ކަން އެނގެއެވެ، އޭނާ މާ ކުރީކީވެސް ނޫނެވެ. އެހެން މީހުން ހަމަ އިސްކޮޅުން ދިގީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް