12 ޑިސެންބަރު 2018 | ބުދަ | 04 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ޗާންދަލިޔާ ބުކްޝޮޕް

ޗާންދަލިޔާ ބުކްޝޮޕަށް ބޮޑު ބަދަލެއް!

  • ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް އެތަނުން ވިޔަފާރިކުރުމަށް އިތުރަށް ލުއި ފަސޭހަވެގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 4 އޯގަސްޓު 2018 | ހޮނިހިރު 19:19 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  7. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ޗާންދަލިޔާ ބުކްޝޮޕް މިހާރު ހުންނަ ގޮތް -- ފޮޓޯ: ސިމާހާ ނަސީމް

ޗާންދަލިޔާ ބުކްޝޮޕަށް ބޮޑު ބަދަލެއް އެ ބުކްޝޮޕުން ގެނެސްފިއެވެ.

މިދިޔަ މަހު ފަހުކޮޅު މި ބަދަލު ގެނައީ ހ. ސަކީނާ މަންޒިލް ކައިރީގައި ހުންނަށް ޗާންދަލިޔާ ބުކްޝޮޕަށެވެ. އަދި މި ގެނައި ބަދަލާ އެކު ކަސްޓަމަރުންނަށް އެތަނުން ވިޔަފާރި ކުރުމަށް އިތުރަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ޗާންދަލިޔާ އިން ބުނެއެވެ.

ހޮނިހިރު ދުވަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ޗާންދަލިޔާގެ ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވީ ޗާންދަލިޔާ ބުކްޝޮޕަށް ގެނައި ބަދަލަކީ ތަނުގެ "އެރޭންޖްމަންޓަށް" ގެނައި ބަދަލެއް ކަމަށާއި ކަސްޓަމަރުން އެންމެ ގިނައިން ގަންނަ އައިޓަމްތައް ވަރަށް ފަސޭހައިން ފެންނަ ގޮތަށް މިހާރު ޑިސްޕްލޭ ކުރެވިފައި ވާނެ ކަމަށެވެ. އެގޮތުން އެކި ވައްތަރުގެ ކަރުދާސްތައް ވަކިން އެއްތަނެއްގައި ބަހައްޓާފައިވާނެ ކަމަށާއި ފަންސުރާއި ގަލަމާއި ތެރަހުގެ އިތުރުން އެކި ކެޓަގަރީތަކުގެ ފޮތްތައް ވެސް އެއް ދިމާލެއްގައި ފަސޭހައިން ފެންނަ ގޮތަށް އަތުރާލާފައިވާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު އިތުރަށް ވިދާޅުވީ ގެނެވުނު ބަދަލުގެ ސަބަބުން ތަނުގެ ޖާގަ ވަރަށް ބޮޑުވާނެ ކަމަށާއި ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާ އެކު ވިޔަފާރި ކޮށްލެވޭނެ ކަމަށެވެ. އަދި ގެނެވުނު ބަދަލަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗާންދަލިޔާ އިން އޮފީސް ސްޓޭޝަނަރީޒްގެ އިތުރުން އެކި އެޑިއުކޭޝަނަލް ފޮތްތަކާއި ދަބަސް ފަދަ އެއްޗެހި ލިބެން ހުރެއެވެ.

ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޗާންދަލިޔާގެ ވިޔަފާރި ފުޅާކުރުން ކަމަށް އެ ފަރާތުން ބުނެއެވެ.

ޗާންދަލިޔާގެ އެކި ބުކްޝޮޕްތައް މާލޭގެ އެކި ހިސާބުތަކުގަ އާއި އައްޑޫ ސިޓީގައި ހިންގަމުންދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް