26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ފިޔާ، ބިސް އަގު ބޮޑުވުން

ފިޔާ އަދި ބިސް ލިބުން ދަތިވެ، އަގު އުފުލިދާނެ ކަމުގެ ބިރު ހީވެއްޖެ!

  • ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް އުފިލިގެންދާނެ ކަމަށް ލަފާ ކުރެވޭ
  • ބަޒާރުން މިތަކެތި ލިބުން ވަނީ ދަތިވެފައި
ސިމާހާ ނަސީމް | sim_kamana

| 4 އޯގަސްޓު 2018 | ހޮނިހިރު 18:55 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ފިޔާތަކެއް ވަށިގަނޑުން ނަގަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖޭގެ ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެ އަގު އުފުލިދާނެ ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ބާޒާރުން ފިޔާ އަދި ބިސް ނުލިބޭތާ ހަތަރު ވަރަކަށް ދުވަސްވެއްޖެ ކަމަށާއި ފިޔާ ކިލޯއެއްގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި 20ރ. އަށް އުފުލިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ބާޒާރުގައި ފިޔާ އަދި ބިސް ލިބުން ދަތިވެފައިވާއިރު ފިޔާ ކިލޯއެއް ކުރިން ބާޒާރުގައި ވިއްކަމުން ދިޔައީ 12ރ. އަށެވެ. އަދި ބިސް ވިއްކަން ހުރީ 1.75 ލާރި އަށް ބިހެކެވެ.

ބާޒާރުގައި ހުދު ބިސް ކޭހެއް 470ރ. އަށް ކުރިން ލިބެން ހުރިއިރު ފިޔާ ބަސްތާއެއް ލިބެން ހުރީ 600ރ. އަށް ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ބާޒާރުގައި ފިޔާ އަދި ބިހުގެ އަގު އުފުލިފައި ވަނީ ތެލުގެ އަގު އުފުލުމާ ގުޅިގެން އިންޑިއާގައި ޓްރަކް ޑްރައިވަރުންތަކެއް ކުރި މުޒާހަރާތަކުގެ ސަބަބުން އެތަކެތި އިންޑިއާ އިން އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރުމުގައި ދަތިތަކަކާ ކުރިމަތިވުމާ ގުޅިގެންނެވެ.  

މީގެ އިތުރުން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ބާޒާރުން މިހާރު ފިޔާ އަދި ބިސް އެއްވެސް ގޮތަކަށް ނުލިބޭ ކަމަށާއި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި މިކަން ހައްލުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އާންމު ގޮތެއްގައި ފިޔާ އަދި ބިސް ފަދަ ތަކެތީގެ އަގު އުފުލެނީ ރޯދަ މާހައި ދިމާކޮށެވެ. އެހެންނަމަވެސް އިންޑިއާގައި ކުރި މުޒާހަރާތަކާ ގުޅިގެން ރާއްޖެއަށް ފިޔާ އަދި ބިސް އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިވުމުން ވިޔަފާރިވެރިން ތިބީ ކަންބޮޑުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް