17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޓްރާންސްފާ މާކެޓް

ބަޔާން ދޫކޮށް ވިޑާލް ބާސާއަށް

  • ވިޑާލް ބާސާއަށް ބަދަލުވެފައި ވަނީ 20 މިލިއަން ޔޫރޯގެ ފީއަކަށް
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 4 އޯގަސްޓު 2018 | ހޮނިހިރު 16:13 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އަރުތޫރޯ ވިޑާލް ބަޔާންގެ ޖާޒީގައި -- ގެޓީ އިމޭޖާސް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން ދިޔަ ޗިލީގެ މިޑްފީލްޑަރު އަރުތޫރޯ ވިޑާލް އެކްލަބް ދޫކޮށް ބާސެލޯނާ އަށް ބަދަލުވެއްޖެއެވެ. 

އުމުރުން 31 އަހަރުގެ ވިޑާލް ބާސާއަށް ބަދަލުވެފައި ވަނީ 20 މިލިއަން ޔޫރޯގެ ފީއަކަށެވެ. އޭނާ ހޯދުމަށް އިންޓަރ މިލާނާއި އަދި އޭސީ މިލާނުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އޭނާ ބާސާ އަށް ބަދަލުވެފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

ބާސާގެ ރަސްމީ ވެބްސައިޓުގައި ނެރެފައިވާ ބަޔާނެއްގައި ވަނީ ބަޔާންއާ އެކު ވިޑާލް ހޯދުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ތިން އަހަރުގެ ކޮންޓްރެކްޓަކާ އެކު އޭނާ ވަރަށް އަވަހަށް މެޑިކަލް ފުރިހަމަކުރާނެ ކަމަށެވެ. ވިޑާލް ބާސާއަށް ބަދަލުވުމާ އެކު ޕީއެސްޖީގެ އެޑްރިއެން ރެބިއޯ ހޯދުމަށް ބާސާ އިން ކުރަމުންދާ މަސައްކަތަށް ނިމުމެއް އަންނާނެއެވެ. 

ވިޑާލް ބާސާއަށް ގެނެސްފައި ވަނީ މިދިޔަ ސީޒަނުގައި އެކްލަބަށް ކުޅުނު ޕައުލީނިއޯ ޗައިނާގެ ގުއަންގްޒޫ އެވަގްރާންޑޭއަށް ބަދަލުވުމާ ގުޅިގެންނެވެ. ހަމައެހެންމެ ބާސާގެ މިޑްފީލްޑްގެ މައި ތަނބު ކަމަށްވާ އަންދްރޭސް އިނިއެސްޓާ ވެސް ވަނީ ޖަޕާންގެ ވިސެލް ކޯބޭއަށް ބަދަލުވެފައެވެ. މި ޓްރާންސްފާތަކާ ގުޅިގެން ބާސާގެ ކޯޗު ވަނީ އައު މިޑްފީލްޑަރުން ބޭނުންވާ ކަމަށް ބުނެފައެވެ. 

ބަޔާންގެ ރަސްމީ ވެބްސައިޓާ ވާހަކަ ދައްކަމުން ވިޑާލް ބުނީ ބަޔާންގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށާއި އޭނާ ބަޔާންގައި ހޭދަކުރި ދުވަސްތަކަކީ ވަރަށް ހާއްސަ ދުވަސްތަކެއް ކަމަށެވެ. ހަމައެހެންމެ އެހެން ކްލަބެއްގައި އޭނާ ހުނަރު ދައްކާލުމަށް ބަޔާން އިން ފުރުސަތު ދިނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް ވިޑާލް ބުނެފައި ވެއެވެ. 

ވިޑާލް ބާސާއާ ގުޅުމާ އެކު އެކްލަބަށް ކުޅުނު ސްޕެއިންގެ ވިންގަރ އެލެކްސް ވިޑާލް ވަނީ ސެވިއްޔާ އަށް ބަދަލުވެފައެވެ. އޭނާ ސެވިއްޔާއަށް ބަދަލުވާނީ 10 މިލިއަން ޔޫރޯގެ ފީއަކަށެވެ. 

ވިޑާލް ވެގެންދާނީ ބާސާއިން މި ޓްރާންސްފާ މާކެޓުގައި ގެނައި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް