17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ކީޕިން އަޕް ވިތު ކާޑޭޝިއަންސް

ކީޕިން އަޕް ވިތު ކާޑޭޝިއަންސްގެ ސީޒަން 15 މާދަމާ

  • ޝޯވގެ ސީޒަން 15 ފަށަން ހަމަޖެހިފައިވަނީ އޮގަސްޓް 5 ގައި
  • ނުލިބޭ އެތައް ސުވާލެއްގެ ޖަވާބު މި ސީޒަނުން ލިބޭނެ ކަމަށް ބެލެވޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 4 އޯގަސްޓު 2018 | ހޮނިހިރު 05:14 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް ޕޯސްޓަރ -- ގޫގުލް

ދެހާސް ހަތްވަނަ އަހަރުން ފެށިގެން ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ ކީޕިން އަޕް ވިތު ކާޑޭޝިއަންގެ އާސީޒަނެއް އާދީއްތަ ދުވަހު ފަށާނެއެވެ.

މި ސީރީޒްގެ ސީޒަން 15ގެ ޓްރެއިލާ މިމަހުގެ 5ގައި އާންމުކޮށްފައި ވާއިރު ސީޒަން 14 ނިމި ސީޒަން 15 އާއި ހަމައަށް ވަރަށް ގިނަ ކަންތައްތައް ކާޑޭޝިއަން/ ޖޭނަރ ގެ ފެމެލީގައި ވަނީ ހިނގާފައެވެ.

ކިމްއާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ ސިޔާސީ ހަޔާތް ހާމަކުރަން ހަމަ ޔަގީނުން ވެސް ފޭނުން ބޭނުންވާނެއެވެ. ކިމް ވަނީ މީގެ ކުރިން ޓްރަމްޕްގެ ސިޔާސަތުތަކާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. އެހެން ނަމަވެސް މަޝްހޫރު ޝޯއެއް ކަމަށްވާ ޖިމީ ކިމެލް ޝޯގައި ކިމް ވަނީ ޓްރަމްޕާއި އެއްކޮޅަށް ވާހަކަ ދައްކާފައެވެ.

ދާދި ފަހުން ކިމް ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ އުމުރުން ދުވަސްވީ އަންހެނަކަށް މައާފު ދެއްވުމަށް އެދި ޓްރަމްޕްގެ އަރިހުން ދަންނަވާ އެކަން މައާފު ވެސް ކުރައްވާފައެވެ.

ކައިލީއާއި ޓްރެވިސް ސްކޮޓްއަށް ދަރިއަކު ލިބި އެކުއްޖާގެ ފޮޓޯ އާންމު ކުރުމާއެކު އެއީ ކައިލީގެ ބޮޑީގާޑްގެ ކުއްޖެއް ކަމަށް ވާހަކަތައް ފެތުރުނެއެވެ. އެއާއެކު އެތައް ބައެއްގެ ފާޑު ކިޔުން ވެސް އަމާޒު ވިއެވެ. މި ސުވާލުތަކުގެ ޖަވާބު މިފަހަރުގެ ސީޒަންއިން ލިބޭނެ ކަމަށް ބެލެވެއެވެ.

ކާޑޭޝިއަން/ ޖެނާ އާއިލާގެ އެހެން ތަރިންތަކާއި ޚިލާފަށް ކެންޑަލް ޖެނާގެ ލޯބީގެ ހަޔާތަކީ ވަރަށް "ޕްރައިވެޓް" ހަޔާތެކެވެ. އެންމެ ފަހުން އޭނާގެ ލޯބީގެ ހަޔާތާއި ބެހޭގޮތުން ވާހަކަ ދައްކާފައިވަނީ މިއަހަރުގެ މާޗް މަހު ނެރުނު ވޯގް މަޖައްލާގައެވެ. ކެންޑަލް ބުނެފައިވަނީ އޭނާގެ ލޯބީގެ ހަޔާތަކީ ވަރަށް "ޕްރައިވެޓް" ހަޔާތެއް ކަމަށާއި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއެއީ ވަރަށް ރަނގަޅު މީހެއް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކްލޯއީ ކާޑޭޝިއަން ވިހަން ދުވަސް ތަކަކަށް ވެފައިވަނިކޮށް އޭނާއަށް ބޭވަފާތެރިވި ކަމަށް ރިޕޯޓް ކުރެވިފައިވާ ޓްރިސްޓަން ތޮމްޕްސަންއަށް މާފުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދިޔަ ގޮތާއި އެކަމާއި ގުޅިގެން ކިމް އާއި ތޮމްޕްސަން އައިސްފައިވާ ރުޅި ރަނގަޅުވީތޯ އެއީ ފޭނުން ބަލަންބޭނުންވާނެ ކަންތައްތަކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް