20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އިމްރާން ޚާން

ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުން ކުރެއްވުމުގެ ތުހުމަތުގައި އިމްރާން ޚާން އެކައުންޓަބިލިޓީ ބިއުރޯއަށް

  • ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް ހާޒިރުވުމަށް އެންގީ މިމަހުގެ 7 ވަނަ ދުވަހަށް
  • އިމްރާންގެ މައްޗަށް ކުރަނީ ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުންކުރެއްވުމުގެ ތުހުމަތު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 4 އޯގަސްޓު 2018 | ހޮނިހިރު 02:58 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


އިމްރާން ޚާން -- އޭއެފްޕީ

ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުން ކުރެއްވުމުގެ ތުހުމަތުގައި ޕާކިސްތާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަދި ޕާކިސްތާނު ތަހްރީކީ އިންސާފު ޕާޓީގެ(ޕީޓީއައި) އިސްވެރިޔާ އިމްރާން ޚާން އެގައުމުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް ހާޒިރުވުމަށް އެންގީ މިމަހުގެ 7 ވަނަ ދުވަހަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި 2013 ވަނަ އަހަރުގެތެރޭގައި ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުންކޮށްފައިވަނީ 72 ގަޑިއިރަށް ކަމަށެވެ. އަދި އޭގެ އަގު 2.17 މިލިއަން ރުޕީސްއަށް އަރާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ އޮފިޝަލަކާ ހަވާލާދީ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވަނީ އިމްރާން އެ ބިއުރޯއަށް ހާޒިރުކުރަނީ އެމައްސަލައާއި ބެހޭގޮތުން ސުވާލު ކުރުމަށާއި ބަޔާނެއް ނެގުމަށް ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އިމްރާން ޚާން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ކުރީގެ ޗީފް މިނިސްޓަރާއި ހަތަރު ސީނިއާ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ 25 ގައި ބޭއްވި ޕާކިސްތާނުގެ ރިޔާސީ އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކުފާނު ހުވާ ކުރައްވަން ހަމަޖެހިފައިވަނީ މިމަހުގެ 11 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް