23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ޒިމްބާބުވޭގެ އާއްމު އިންތިހާބު

އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު

  • މިހާރުގެ ރައީސް ވަނީ ވޯޓުގެ 50.8 އިން ސައްތަ ހޯއްދަވާފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 3 އޯގަސްޓު 2018 | ހުކުރު 19:27 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ނަންގަގްވާ -- އޭއެފްޕީ

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަަމަށާއި އަދި ނަތީޖާ ހާމަކޮށްފައި ވަނީ "ވެރިފައިކޮށްފައިނުވާ ފޭކް ނަތީޖާތަކެއްގެ މައްޗަށް" ކަމަށް، ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު ނެލްސަން ޗަމިސާ ވިދާޅުވެއްޖެއެވެ. 

ނަންގަގްވާ މިހެން ވިދާޅުވިއަސް، ޒިމްބާބުވޭގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެފައި ވަނީ ނަތީޖާ ތަކުގައި އެއްވެސް ގޯހެއް ނޫޅޭނެ ކަމަށެވެ. ވޯޓުގެ ނަތީޖާ އަށް ބަލާއިރު، މިހާރުގެ ރައީސް ވަނީ ވޯޓުގެ 50.8 އިންސައްތަ ހޯއްދަވާފައެވެ. އަދި އިދިކޮޅު ކެންޑިޓޭޓް ހޯއްދަވާފައި ވަނީ 44.3 އިންސައްތައެވެ. ދެން ބާކީ އިންސައްތަތައް ހޯއްދެވީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި އެހިނިހެން ކެންޑިޑޭޓުންނެވެ.  

ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމުގެ އިތުރުން، ގާނޫނު ހަދާ މަޖިލީހަށްވެސް މެމްބަރުން ވަނީ ހޮވާފައެވެ. އެގޮތުން އެންމެ ގިނަ ގޮނޑި ހޯއްދެވީ މިހާރުގެ ރައީސް، އެމެސަން ނަންގަގްވާގެ ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންނެވެ. އެގޮތުން ޒާނޫ-ޕީއެފް ވަނީ 144 ގޮނޑި ހޯއްދެވިއެވެ. ދެން އެންމެ ގިނަ ގޮނޑި ހޯދީ ހަތް ޕާޓީގެ މައްޗަށް އެކުލެވޭ އެމް.ޑީ.ސީ އެލެޔަންސް އެވެ. އަދި އެއް ގޮނޑި، ކުރީގެ ރައީސް ރޮބަޓް މުގާބޭ އަށް ވަފާތެރި ފަރާތްތަކުން އުފައްދަވާފައިވާ ނެޝެނަލް ޕެޓްރިއޮޓިކް ފްރަންޓް އިންނެވެ. 

އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ނަންގަގްވާ ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ޒިމްބާބުވޭގައި ނެގި ވޯޓަކީ "ގައުމަށް އާ ފެށުމެއް" ގެނެސް ރައްޔިތުން އެއްބައި ކުރުވި އިންތިޚާބެއް ކަމަށެވެ. 

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބަކީ ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށް ވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައި ވަނީ 70 އިންސައްތަ މީހުންނެވެ.

ޒިމްބާބުވޭގައި ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނު ވަކިކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ފެށުމާ އެކު، ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ފޮނުއްވި ސިޓީފުޅެއް މެދުވެރިކުރައްވައެވެ.

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމުގެ ވެރިކަމާ މުގާބޭ ހަވާލުވެވަޑައިގެންފައި ވަނީ 1980 ވަނަ އަހަރުއެވެ. ބޮޑުވަޒީރުގެ މަގާމުގައި ހަތް އަހަރު ހުންނެވުމަށް ފަހު، ޒިމްބާބްވޭގެ ރައީސްގެ މަގާމާ މުގާބޭ ހަވާލުވެވަޑައިގެންނެވީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް