16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރިޔާސީ އިންތިޚާބު 2018

އިންތިޚާބު އޮޅުވައެއް ނުލެވޭނެ، މޮޅުވާނީ ތާޢީދު ބޮޑު މީހާ!

  • އިންތިޚާބު އިންސާފުވެރިއެއް ނޫން
  • ނަތީޖާ އޮޅުވާލަން ބޮޑު އަދަދެއް ބޭނުންވޭ
  • ރާއްޖޭގެ އިންތިޚާބީ ނިޒާމުން އިންތިޚާބު އޮޅުވާލަން އުނދަގޫ ވާނެ
މިއުވާން މުހައްމަދު | Miuvaan

| 3 އޯގަސްޓު 2018 | ހުކުރު 19:01 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިންސާފުވެރި ނުވާނެއޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެހެންނަމަވެސް އޭގެ މާނަ ބައެއް ފަރާތްތަކަށް އޮޅޭ ގޮތް ވެއެވެ. އިންތިޚާބު އިންސާފުވެރި ނުވާނެއޭ ބުނަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ މާހައުލެއް ޤާއިމްކޮށްދެވިފައި ނުވާތީއެވެ. ޕާޓީތަކަށް އެޕާޓީތަކުން ބޭނުންވާ ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ނެތުމުންނެވެ. ސިޔާސީ ޕާޓީތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށްފައި އޮތުމުންނެވެ. ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރަން ފުރުސަތު ނެތުމުންނެވެ. ސިޔާސީ ލީޑަރުން ޖަލުގައި ތިބުމުންނެވެ.

އެހެންނަމަވެސް ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ އޭގެ މާނައަކީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާ ވާހަކަ ކަމަށެވެ. އިދިކޮޅު ބައެއް ފަރާތްތަކަށްވުރެ ބޮޑަށް، އިންތިޚާބު އޮޅުވާލައިގެން ރައީސް ޔާމީން ވެރިކަން ދަމަހައްޓަފާނެކަމުގެ އުއްމީދުގައި ތިބީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅުންނެވެ. ބައެއް މަޖިލިސް މެމްބަރުންނާއި މުއައްސަސާތަކުގެ ވެރިންވެސް ވިދާޅުވަނީ އިންތިޚާބުން ރައީސް ޔާމީނަށް ކާމިޔާބު ނުލިބުނަސް، ވެރިކަމުގައި ހުންނަވާނީ އެމަނިކުފާނު ކަމުގައެވެ. އެމަނިކުފާނަށް ވެރިކަމުގައި ހުރެވޭނެކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދޭނެކަމަށް ސީދާ ބަހުންނާއި ވަށްބަހުން ބުނާ ވެރިން މަދެއް ނޫނެވެ. އެހެންނަމަވެސް އެކަން ކުރެވޭނެ ގޮތެއް އެކަކަށްވެސް ނޭނގުނެވެ. ނޭނގެނީ އެކަން ކުރެވޭނެ ގޮތެއް ނެތީމައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަކީ އެންމެ ދެލައްކަ ފޮސްދޮޅަސް ދެ ހާހެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން މިއީ ބޮޑު އަދަދަކަސް، އިންތިޚާބެއްގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އަދަދަށް ބަލާއިރު މިއީ ބޮޑު އަދަދެއް ނޫނެވެ. ޏ. ފުވައްމުލަކަށް ބަލާލަމާ ހިންގަވާށެވެ. އަޅުގަނޑަކީ ފުވައްމުލަކު މާލެގަން އަވަށަށް ނިސްބަތް ޒުވާނަކީމެވެ. އެއަވަށުގައި ވޯޓު ފޮއްޓެއް ހުރެއެވެ. ވޯޓުލާން ފެށީއްސުރެ ވޯޓުލާ ނިމި، ނަތީޖާ އިއުލާންކުރަން ދެން އެއަވަށަށް ނިސްބަތްވާ މީހުން އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ވޯޓުފޮށި ކައިރީގައި ތިބެއެވެ. އެކަން ކުރަން ގިނަ ފަހަރު ތިބެނީ ކެމްޕޭންގައި މަސައްކަތްކޮށްފައިވާ މީހުންނެވެ. އެހެންކަމުން އެއަވަށަށް ނިސްބަތް ނުވާ މީހަކު އެވޯޓު ފޮއްޓަށް ވޯޓު ލާން އައިސްފިނަމަ އެކަން އެނގޭނެއެވެ. އެތަނުގެ ބޭރުގައި ވޯޓުލާން ކިއު ހަދައިގެން ތިބޭ މީހުންނަށްވެސް އެކަން އެނގޭނެއެވެ. އެހެންކަމުން މަކަރު ހަދައިގެން ވަގު ވޯޓެއް އެތަނަށް ލާން ދަތިވާނެއެވެ. ނާދިރު ޙާލަތެއްގައި ލެވުނަސް ލެވޭނީ ގިނަ ވެގެން ދެތިން ވޯޓެވެ.

މިދެންނެވި ވޯޓު ފޮއްޓަށް ރަށުން ބޭރުން ވޯޓުލާން ރީރަޖިސްޓަރވެފައި މީހަކު ހުރިނަމަ އެކަން އޮންނާނީ ގިނަ ފަހަރަށް ކުރީބައިގައި އެނގިފައެވެ. އެހެންކަމުން މާދުރު ހިސާބަކުން އައިސް މީހަކަށް ރީރަޖިސްޓަރ ވެގެންނޭ ބުނެ އޮޅުވާލައިގެން ލެވޭނެ ވޯޓެއް ނޯންނާނެއެވެ.

އަޅުގަނޑު ވޯޓުލުމަށް ރީރަޖިސްޓަރކުރީ މާލޭގައި ހުންނަ ފުވައްމުލަކު މީހުން ވޯޓުލާން ހަމަޖެހިފައިވާ ދެ ފޮށީގެ ތެރެއިން އެއް ފޮއްޓަށެވެ. ކުރިން ދެންނެވި ރަށު ފޮއްޓަށް ސަމާލުވާ ފަދައިން، މިފޮށްޓަށްވެސް ސަމާލުވެގެން މީހުން ތިބޭނެއެވެ. އެހެންވީމާ ނާދިރު ޙާލަތެއްގައި އޮޅުވާލައިގެންވެސް ލެވޭނީ ހަމަ ދެތިން ވޯޓެވެ.

ދެން އޮތީ ރީރަޖިސްޓްރީވުމުގެ ތެރެއިން އޮޅުވާލާ ވާހަކައެވެ. އެކަން ކުރަން އުޅޭ ވާހަކަ އެބަ އިވެއެވެ. އެކަމަކު އެއީ ހުއްޓުވޭނެ ކަމެކެވެ. އެކަމުގައި އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. ކޮންމެ މީހަކުވެސް ރީރަޖިސްޓަރކުރުމަށްފަހު ރީރަޖިސްޓަރވިތޯ ޗެކް ކުރަން ޖެހެއެވެ. އެސްއެމްއެސް ކޮށްގެން ރީރަޖިސްޓަރވިތޯ ޔަޤީންކުރާށެވެ. ނުވަންޏާ ތިން ހަތަރު ފޯމުވެސް ލާންވީއެވެ. ރީރަޖިސްޓަރވަންދެން ފޯމު ލާނީއެވެ. ކޮންމެ ފޯމެއްގެ ފޮޓޯ ނަގަންވާނެއެވެ.

ރީރަޖިސްޓަރކޮށްފައިވާ މީހުން ވޯޓުލާ ދުވަހު އެހެން ތަނަކަށް އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ބަދަލުކޮށްފިނަމަ، އެކަން ކުރިކަމުގެ ހެކި އޭރުން ހުންނާނެއެވެ. ގައިމު ހާހަކަށްވުރެ ގިނަ މީހުންގެ ރަޖިސްޓްރީ ވެއްޖެނަމަ ގޯހެއް އުޅޭކަން އެއޮތީ އެންމެންނަށް ފެންނާށެވެ. އެފަދަ ޙާލަތެއްގައި ރައްޔިތުން މަޑަކުން ނުތިބޭނެއެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން އެފަދަ ގޯހެއް ހަދާނެކަމަށް ނުބެލެވެއެވެ. ރައީސް ޔާމީނާއި ޕީޕީއެމްއަށް ފަހިވާ ގޮތަށް ކިތަންމެ ކަމެއް ކުރިޔަސް، ރައްޔިތުން ބަސް ބުނާ ދުވަހު އިލެކްޝަންސް ކޮމިޝަން އަހާނީ ރައްޔިތުންގެ ބަހެވެ. އެދުވަހަކީ ނުފޫޒުން އެއްކިބާވެ، މިނިވަންވުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ލިބޭ ފުރުސަތެވެ.

ރައްޔިތުން ބަސްބުނުމުން ފުލުހުންނާއި ސިފައިންވެސް އެބަސް އަޑު އަހާނެއެވެ. ރައްޔިތުންގެ ބަހަކީ ސަލާމަތީ ޚިދުމަތްތަކަށްވެސް މިނިވަންވާން ލިބޭނެ ފުރުސަތަކަށް ވާނެއެވެ.

މި އިންތިޚާބު މިނިވަން ނުވިޔަސް، އިންތިޚާބުގެ ނަތީޖާ އަނބުރައެއް ނުލެވޭނެއެވެ. މޮޅުވާ ބަޔަކު މޮޅުވާނީ އެހާ ބޮޑު ތަފާތަކުންކަމަށް ބެލެވެއެވެ. ރައްޔިތުން ބަލައިގަންނަނީ ރައީސް ޔާމީންގެ 'ތަރައްޤީ'ތޯ ނުވަތަ އިބްރާހިމް މުހައްމަދި ސޯލިޙްގެ 'ޖަޒީރާ ރާއްޖެ'ތޯ އެދުވަހަކުން އެނގޭނެއެވެ. ނަތީޖާ އޮޅުވައެއް ނުލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ާކަންއޮތްގޮތް

3 މަސް ކުރިން

ދުރާލާ ދިރާގައް ސަރުކާރުން އަސްމަލީ ލުމުގެ ބޭނުމަކީ އިލެކްސަން ކޮމިސަން ސާރވާ އަސްމަލީ ބާރުގެ ދަށައް ގެންގޮސް ވޯޓް އޮޅުވާލުން! މިހާރުވެސް އަސްމަލީ ޕީޕީއެމް އެކްޓިވުސްޓޫން ކާރީގަ އެބަބުނޭ އިދިކޮޅައް ކިތަންމެ ވޯޓެއްލިޔަސް އިލެކްސަން ސާރވާއިން ދައްކާނީ ޕީޕީއެމް މޮޅުވާކަމަށޭ، އޮޕޮޒިސަން މީހުން މިކަމައް ސަމާލުކަން ދިނުން އެދެން!

1
0