20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޓްރާންސްފާ މާކެޓް

މޮޑްރިޗްގެ އަގަކީ 750 މިލިއަން ޔޫރޯ

  • އޭނާ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމާވާނީ 2020 ވަނަ އަހަރު
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 އޯގަސްޓު 2018 | ހުކުރު 18:21 | |

މަގުބޫލް

  1. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  4. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  5. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން
  8. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި


ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް -- ފޮޓޯ: ރާއްޖެ އެމްވީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ އަގަކީ 750 މިލިއަން ޔޫރޯ ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ވާރލްޑް ކަޕްގެ ފައިނަލުން ކްރޮއޭޝިއާ ޖާގަ ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޮޑްރިޗްއެވެ. މިކަމާއި ގުޅިގެން އޭނާ ހޯދުމަށް ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މޮޑްރިޗް ވެސް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން ދަނީ އިޓަލީގެ އިންޓަރ މިލާނުންނެވެ. 

އެެހެން ނަމަވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މޮޑްރިޗް ވިއްކާލާނީ އޭނާގެ ރިލީޒް ފީ ދެއްކުމަށް އޭނާ ގަންނަން ބޭނުންވާ ކްލަބްއިން ހުށަހެޅުމުން ކަމަށް ވިދާޅުވެފައެވެ. ރެއާލްއިން މޮޑްރިޗްގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 750 މިލިއަން ޔޫރޯއެވެ. 

އޭނާ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމާވާނީ 2020 ވަނަ އަހަރުއެވެ. މޮޑްރިޗް މިވަގުތު ހުރީ ވާރލްޑް ކަޕަށްފަހު އޭނާގެ ޗުއްޓީގައެވެ. 

ޕެރޭޒް މިހެން ވިދާޅުވުމާއެކު އިންޓަރއިން މޮޑްރިޗް ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. އޭނާގެ އިތުރުން އިންޓަރއިން އަންނަނީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު އަރުތޫރޯ ވިޑާލް ހޯދުމަށް ވެސް މަސަައްކަތްކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް