19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

މެންޗެސްޓާ ސިޓީ

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ގެބްރިއެލް ޖީސަސް އައުކޮށްފި

  • އޭނާ ވަނީ ކޮންޓްރެކްޓް އިތުރު ފަސް އަހަރަށް އިތުރުކޮށްފައި
އަހްމަދު ސާއިފް ޝިޔާދް | Saaif80

| 3 އޯގަސްޓު 2018 | ހުކުރު 17:34 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީސަަސް -- ގެޓީ އިމޭޖާސް

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީސަސް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އޭނާ ވަނީ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ފަސް އަހަރަށް އިތުރުކޮށްފައެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ބްރެޒިލްގެ ޕަލްމެއިރާސްއިން ސިޓީއަށް ބަދަލުވުމަށްފަހު އޭނާ ވަނީ ސިޓީގައި ހޭދަކުރި ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި އެޓީމަށް ކުޅުނު 53 މެޗުގައި 24 ލަނޑު ޖަހާފައެވެ. މި އެއްބަސްވުމާއެކު އުމުރުން 21 އަހަރުގެ ޖީސަސް ޕެޕް ގާޑިއޯލާގެ ސިޓީއާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެއެވެ. މި އެއްބަސްވުމާއެކު އޭނާގެ ރިލީޒް ފީ ބޮޑުވާނެ ކަމަށް ބެލެވޭއިރު ސިޓީއިން އޭނާގެ އައު ރިލީޒް ފީ ހާމަކޮށްފައެއް ނުވެއެވެ.

ސިޓީގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން ޖީސަސް ބުނީ ސިޓީގެ ސަޕޯޓަރުންގެ ފަރާތުން ލިބުނީ ވަރަށް ރަނގަޅު އެއްބާރުލުމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށެވެ. ސިޓީއާއި ގުޅުމަކީ އޭނާގެ ހަޔާތުގައި ނެެގި އެންމެ ރަނގަޅު ނިންމުން ކަމަށާއި ސިޓީގައި ހުރުގެން ޕްރޮފެޝަނަލް ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވެސް ޖީސަސް ބުނެފައިވެއެވެ. ގާޑިއޯލާ ވެސް ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށާއި ކްލަބްގެ ފަރާތުން މިހާތަނަށް އޭނާއަށް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށް ޖީސަސް ހާމަކުރިއެވެ.

ސިޓީގެ ޑިރެކްޓަރ އޮފް ފުޓްބޯޅަ ޓިޒްކީ ބެގްރިސްޓިއަން ބުނީ ޖީސަސްއަކީ ދުނިޔޭގެ ފުޓްބޯޅައިގައި ހަރަކާތްތެރިވަމުން އަންނަ އެންމެ މޮޅު ޒުވާން ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި ގާޑިއޯލާ ވެސް ޖީސަސްއާއެކު ކުރިޔަށް ދާން ބޭނުންވާ ކަމަށެވެ. 

އަންނަ ސީޒަނުގައި ވެސް ޖީސަސް ސިޓީގެ ފުރަތަމަ އެގާރިން ޖާގަ ހޯދުމަށް ވާދަކުރަން ޖެހޭނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއާއިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް