20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:16
އިޝާ 19:32

ދުޅަހެޔޮކަން

ދިގު އުމުރުގެ ސިއްރަކީ ފިރިހެނުންނާ ދުރުވުން!

  • ޖެސީ ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 އޯގަސްޓު 2018 | ހުކުރު 11:49 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ޖެސީ ގެލަން -- ގޫގުލް

އުމުރުން 109 އަހަރުގެ ޖެސީ ގެލަންއަކީ ސްކޮޓް ލޭންޑްގައި ހުރި އެންމެ ދުވަސްވީ އަންހެނާއެވެ. ދާދި ފަހުން އޭނާ ވަނީ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރު ހާމަކޮށްފައެވެ.

ޖެސީގެ ހާމަކޮށްފައިވާ މި ސިއްރު ވެގެން މި ދަނީ ގިނަ ބަޔަކު ހާއިރާންކުރުވަނިވި މަޖާ އަދި ފަސޭހަ ކަމަށެވެ.

ޖެސީ ބުނެފައި ވަނީ ދުނިޔޭގައި ގިނަ ދުވަހު ހުންނަން ބޭނުން ނަމަ ކޮންމެ ދުވަހަކު ހެނދުނުގެ ނަސްތާއަށް ޕޮރިޖް (އޯޓްމީލް ނުވަތަ ސީރިއަލް ފަދަ ތަކެތި) ކެއުމަށާއި އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފިރިހެނުންނާ ދުރުވުމަށް އެދިފައެވެ.

ޖެސީ ދެކޭ ގޮތުގައި، އޭނާގެ ދިގު އުމުރުގެ ސިއްރަކީ ފިރިހެނުންނާ އޮންނަ ގުޅުން، އެއީ ބޮޑަށް ފިރިހެނުންނާ ދުރުވުމެވެ.

އުމުރުން އެންމެ 13 އަހަރުގައި ޖެސީ ވަނީ އޭނާގެ ގެއިން ނުކުމެ އަމިއްލަ އަށް ބުރަކޮށް މަސައްކަތް ކޮށް ދިރިއުޅުމުގެ ޚަރަދުތައް އަމިއްލައަށް ކުރަން ފަށާފައެވެ. ޖެސީ އޭނާގެ މުޅި ހަޔާތް ހޭދަކޮށްފައި ވަނީ އިންޑިޕެންޑެންޓް އަންހެނެއްގެ ގޮތުގައެވެ. އަދި އޭނާ ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

"އަހަރެން މަސައްކަތް ކުރީ ވަރަށް ބުރަކޮށް. ވަރަށް މަދު ފަހަރެއްގައި ނޫނީ ޗުއްޓީ އެއް ނުނަގަން," ޖެސީ ވަނީ ބުނެފައެވެ.

ޑެއިލީ މެއިލް އަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާ ވަނީ 100 އަހަރު ފުރުމުގެ ކުރިންނާއި އޭގެ ފަހުން އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދީފައެވެ.

" އޭނާއަކީ ވަރަށް ސަޅި މީހެއް" ގެލަންގެ ނަރސިން ހޯމްގައި ހުރި އޭނާގެ އެހީތެރިޔާ ވަނީ ބުނެފައެވެ.

ކަންދިމާކުރި ގޮތުން މި އިންޓަވިއު ދިންތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި ޖެސީ ވަނީ ސްކޮޓްލެންޑްގައި މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަހައްމަދު

6 މަސް ކުރިން

ހުންނާނެ ދުނިޔޭގަ ދިރިއުޅެވިފަ....

0
0