21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ސޮނާލީ ބެންޑްރޭ

ސޮނާލީގެ ސިއްހީ ހާލަތު އޭނާގެ ފިރިމީހާ ހާމަކޮށްފި

  • އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ"
  • ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް
  • މިވަގުތު ނިއުޔޯކްގައި ދަނީ ފަރުވާ ހޯދަމުން
ރިޒުނާ ޒަރީރު | RiznaZareer

| 3 އޯގަސްޓު 2018 | ހުކުރު 08:35 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ސޮނާލީ އާއި އޭނާގެ ފިރިމީހާ ގޯލްޑީ ބޭލް -- ޓްވިޓަރ

ބޮލީވުޑްގެ ތަރި ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން އެމެރިކާގައި ފަރުވާ ހޯދަން ފަށާފައިވާ އިރު، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތް ހާމަކޮށްފިއެވެ.

ސޮނާލީގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އޭނާގެ ފިރިމީހާ ގޯލްޑީ ބޭލް ޓްވިޓާގައި ބުނެފަ އިވަނީ ސޮނާލީއަށް ދޭ ހިތްވަރަށް ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މިވަގުތު ދެމުންދާ ފަރުވާގައި އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށާއި، ސޮނާލީގެ ސިއްހީ ހާލަތު ސްޓޭބަލް ކަމަށެވެ. އަދި މިއީ ދިގު ރާސްތާއެއް ކަޑައްތު ކުރަންޖެހޭ ކަމަކަށްވާ އިރު ކާމިޔާބާ ހަމައަށް ދެވޭނެ ކަމުގެ އުއްމީދު ވެސް އެބައޮތް ކަމަށް ބޭލް ބުނެފައި ވެއެވެ.

 

އުމުރުން 43 އަހަރުގެ ސޮނާލީއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށާއި، ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމުން އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށް އޭނާގެ އިންސްޓަރގްރާމްގައި ބުނެފައި ވެއެވެ. އަދި މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ތަރި ސޮނާލީ، ކެންސަރަށް ފަރުވާ ހޯދާކަން ހިއްސާކުރުމާ އެކު، މުޅި ބޮލީވުޑްގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުން ވަނީ އޭނާއަށް ހެޔޮދުއާކޮށް ޓްވީޓްތައް ކޮށްފައެވެ.

ސޮނާލީއަށް ވަނީ ޕްރޮޑިއުސަރ ގޯލްޑީ ބޭލް އާއި ކައިވެނިކޮށްގެން 13 އަހަރުގެ ފިރިހެން ދަރިއަކު ލިބިފައެވެ.

ބޭލްއާ 2002 ވަނަ އަހަރު ކައިވެނި ކުރުމަށް ފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސްކޮށްފައެވެ.

ފިލްމް "އާގް" އިން 1994 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 2013 އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" އިންނެވެ. މިފިލްމުގައި އޭނާ އަދާކޮށްފައި ވަނީ ވަރަށް ކުޑަ ރޯލެކެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް