18 ސެޕްޓެންބަރ 2018 | އަންގާރަ | 13 އުތުރަ
08 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ޒިމްބާބުވޭ

ޒިމްބާބުވޭގެ އާއްމު އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ހަޔަކަށް އަރައިފި

  • މަކަރު ހެދިކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ހަމަނުޖެހުން އުފައްދަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 2 އޯގަސްޓު 2018 | ބުރާސްފަތި 23:51 | |

މަގުބޫލް

  1. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  2. ރައީސް އެވެ، ގޭންގުތަކުގެ ސައިންޓިފިކް ދިރާސާ މިއޮތީ!
  3. އައު ރަންވޭގައި ހުސް ފްލައިޓް ނުޖައްސާ ޤައުމީ ޓީމް ގޮވައިގެން ފްލައިޓް ޖެއްސުމަށް މަހުލޫފް ގޮވާލައިފި
  4. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  5. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  6. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް


ޒިމްބާބުވޭގެ ރައީސް އެމަސަން ނަންގަގްވާ -- ގޫގުލް

ޒިމްބާބުވޭގައި ރައީސަކު ހޮވުމަށާއި އަދި އެގަައުމުގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ހޯމަ ދުވަހު ބޭއްވި އާއްމު އިންތީޚާބަށް ފަހު ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ހަޔަކަށް އަރާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފިއެވެ. 

ވަރަށް ވާދަވެރިކޮށް ދިޔަ އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރު ނެލްސަން ޗަމްސިއާ ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.

ބުދަ ދުވަހު އިލެކްޓޯރަލް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުން، ގާނޫނު ހަދާ މަޖިލީހުގެ ވޯޓުގެ ތެރެއިން ބޮޑު އިން ސައްތައެއް ހޯދާފައި ވަނީ ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީ އެވެ. 

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބަކީ ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށް ވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައި ވަނީ 70 ޕަސެންޓް މީހުންނެވެ.

ޒިމްބާބުވޭގައި ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނު ވަކިކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ފެށުމާ އެކު، ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ފޮނުއްވި ސިޓީފުޅެއް މެދުވެރިކުރައްވައެވެ.

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމުގެ ވެރިކަމާ މުގާބޭ ހަވާލުވެވަޑައިގެންފައި ވަނީ 1980 ވަނަ އަހަރުއެވެ. ބޮޑުވަޒީރުގެ މަގާމުގައި ހަތް އަހަރު ހުންނެވުމަށް ފަހު، ޒިމްބާބްވޭގެ ރައީސްގެ މަގާމާ މުގާބޭ ހަވާލުވެވަޑައިގެންނެވީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް