22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

މޯލްޑިވްސް ބިޒްނަސް އެވޯޑްސް

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ޓްރޮފީ ދައްކާލައިފި

  • އެވޯޑު ފަރުމާކޮށްފައި ވަނީ ފެހުރިހީގެ ޑިޒައިނަށް
  • ޕްރޯ ޑިޒައިނާސްގެ ފުރިހަމަ ފަރުމާއެއް
ސިމާހާ ނަސީމް | sim_kamana

| 2 އޯގަސްޓު 2018 | ބުރާސްފަތި 19:37 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


މާގިރި ހޮޓެލްގައި ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ބްލޭޒަން

ބްލޭޒަން އިންކްގެ ފަރާތުން ރާއްޖޭގައި މުޅިން އަލަށް ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް (އެމްބީއޭ) ގެ ޓްރޮފީ ދައްކާލައިފިއެވެ.

އެމްބީއޭގެ ޓްރޮފީ ދައްކާލާފައި ވަނީ ބުރާސްފަތި ދުވަހު މާގިރި ހޮޓެލްގައި ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ބިޒްނަސް އެވޯޑު ފަރުމާކޮށްފައި ވަނީ ފެހުރިހީގެ ޑިޒައިނަށެވެ. އެވޯޑު ފަރުމާކޮށްފައި ވަނީ ޕްރޯ ޑިޒައިނާސް އިންނެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 28 އެވޯޑު ދޭން ނިންމާފައިވާ އިރު އެ ދާއިރާތަކަކީ އިންޑަސްޓްރީ އެކްސެލެންސް، އެންޓަޕްރައިޒް އެކްސެލެންސް، އިންޑިވިޖުއަލް އެކްސެލެންސް އަދި އެލައިޓް އެވޯޑްސްއެވެ.

ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް، މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައި ވަނީ 2016 ވަނަ އަހަރުގައެވެ.

ބިޒްނަސް އެވޯޑްސްގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު (ހެޑް އޮފް ޖަޖެސް ޕެނަލް)، ޑރ. އާއިޝަތު މުނީޒާ، ޑރ. މަރިޔަމް ވަސީމާ، ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދު، އަބްދުﷲ ގިޔާސް ރިޔާޒް، ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.

ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގު ހަމަޖައްސާފައިވާ އިރު ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް