14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

އުތުރު ކޮރެއާ-އެމެރިކާ

އެމެރިކާ ސިފައިންގެ ހަށިތައް އުތުރު ކޮރެއާ އިން ހަވާލުކުރުމާ ގުޅިގެން ރައީސް ޓްރަމްޕްގެ ޝުކުރު އުތުރު ކޮރެއާގެ ލީޑަރަށް!

  • ޖޫން މަހު ދެގައުމުގެ ވެރިން ބޭއްވި ތާރީީޚީ ބައްދަލުވުމުގައި ހަށިތައް ރައްދު ކުރާނެ ކަމަށް ލީޑަރު ކިމް ވިދާޅުވި
އަހުމަދު އަނޫޝު | IamAhmedAnoosh

| 2 އޯގަސްޓު 2018 | ބުރާސްފަތި 18:45 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އަދި އުތުރު ކޮރެއާގެ ލީޑަރު ކިމް -- އޭއެފްޕީ

ދެކޮރެއާ ދެމެދުގައި 1950-1953 އަށް ކުރެވުނު ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ހަށިތައް އުތުރު ކޮރެއާ އިން އެމެރިކާއާ ހަވާލުކުރުމާ ގުޅިގެން އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް، އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް މަރުހަބާ ވިދާޅުވެއްޖެއެވެ. 

ބުރާސްފަތި ދުވަހު ޓްވިޓާ މެދުވެރިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އުުތުރު ކޮރެއާގެ ލީޑަރު ވެވަޑައިގަންނަވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެމެރިކާގެ ސިފައިންގެ ހަށިތައް ގައުމަށް ފޮނުވަން ފެށުމާ ގުޅިގެން ޝުކުރު ދަންނަވާ ކަމަށާއި "އަވަސް ފުރުސަތެއްގައި މަނިކުފާނާ ބައްދަލުވުމަށް އެދިވަޑައިގަންނަވާ" ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން މިދިޔަ ޖޫން މަހު ތާރީޚީ ބައްދަލުވުމެއް ބާއްވާފައިވާ އިރު އެ ބައްދަލުވުން ބޭއްވި މައިގަނޑު ސަބަބަކީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމާ ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލުމެވެ. އެ ބައްދަލުވުމުގައި އުުުތުރު ކޮރެއާގެ ލީޑަރު ވަނީ ނިއުކްލިއާ ހަތިޔާރު ގެންގުޅުމުން ހުއްޓާލުމަށް ވައުދުވެވަޑައިގެންފައެވެ. މީގެ އުތުރު ކޮރެއާގެ ލީޑަރު ވަނީ ކޮރެއާ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ހަށިތައް އެމެރިކާ އަށް ރައްދުކޮށްދެއްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ. 

ކޮރެއާ ހަނގުރާމައިގައި ބައިވެރިވި 7700 އެމެރިކާ ސިފައިނަށް ވަނީ ވީނުވީއެއް ނޭނގިފައެވެ. އޭގެ ތެރެއިން 5300 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ މިހާރުގެ އުތުުރު ކޮރެއާގައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް