18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ޕާކިސްތާނު

އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނަށް ދައުވަތު ނުދެއްވަން ނިންމަވައިފި

  • އިންޑިއާގެ ބޮޑުވަޒީރު ހިމެނޭ ގޮތުން ސާކް ގައުމުތަކުގެ ވެރިންނަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވުމަށް އިމްރާން ވިސްނެއްވި ކަމަށް އަޑުތައް ފެތުރުނު
އަހުމަދު އަނޫޝު | IamAhmedAnoosh

| 2 އޯގަސްޓު 2018 | ބުރާސްފަތި 16:59 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން -- އަލްޖަޒީރާ

ކުރީގެ ޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އަދި މަޝްހޫރު ތަރިންނަށް ދައުވަތު ނުދެއްވަން އިމްރާން ޚާން ނިންމަވައިފިއެެވެ. 

ޕާކިސްތާނުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑޯން" ނޫހުން ރިޕޯޓުކުރާ ގޮތުން ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އަދި މަޝްހޫރު ތަރިންނަށް ދައުވަތު ނުދެއްވަން ނިންމެވީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެހާ ކުލަގަދަކޮށް ކުރައްވަން ބޭނުން ނުވާތީ ކަމަށެވެ. އިމްރާން ޚާން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)ގެ ތަރުޖަމާނަކު "ޑޯން" ނޫހަށް ވިދާޅުވީ އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އެމަނިކުފާނުގެ ގާތް ރަހްމަތްތެރިން އެކަނި ކަމަށެވެ. 

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް އާއްމު އިންތިޚާބުގައި 116 ގޮނޑި ލިބިފައި ވެއެވެ. އެެހެން ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ ވަރެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީއަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އިމްރާން ޚާންގެ ޕީޓީއައި އަށް މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑިތައް ހަމަވެފައެވެ. 

އިމްރާން ޚާންގެ ޕީޓީއައިއާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް