22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އެމެރިކާގެ ރިޔާސީ އިންތިހާބު

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

  • ގަވާޢިދާއި ހިލާފަށް ވޯޓުލާފައިވާ ކަމުގެ ހެކި، ލިޔުންތައް ހުރި ކަމަށް ޓްރަމްޕް ވިދާޅުވޭ
ރުޝްދާ ރަޝީދު | rushdhar

| 25 ޖެނުއަރީ 2017 | ބުދަ 15:11 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާ ހިލާފަށް ވޯޓު ލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށާއި އެކަމުގެ ހެކި ލިބިފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

 

ޓްރަމްޕްގެ ޕްރެސް ސެކެޓްރީ ޝޯން ސްޕައިސަރ އިއްޔެ ބޭއްވި ނޫސްވެރިންގެ ބްރީފިންގއެއްގައި ބާތިލް ވޯޓު ލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

 

ނޮވެމްބަރު މަހުގެ އާންމު އިންތިހާބުގައި އާންމުންގެ ވޯޓުގައި، ތިން މިލިއަން މީހުންގެ ވޯޓާއެކު ކުރި ހޯއްދެވީ ޑިމޮކްރެޓިކް ޕާޓީގެ ހިލަރީ ކްލިންޓަނެވެ. ޓްރަމްޕަށް އިންތިހާބު ކާމިޔާބުވެފައި ވަނީ އިލެކްޓޯރަލް ކޮލެޖުގެ ވޯޓުންނެވެ.

 

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕައިސަރ ވިދާޅުވީ ކޮންގްރެސްގެ އިސްވެރިންނާއި ޓްރަމްޕް ބައްދަލުކުރައްވާފައިވާ ކަމަށާއި، އެ ބައްދަލުވުމުގައި އެމެރިކާގައި ގަވާއިދާއި ހިލާފަށް އުޅޭ، އިންތިހާބުގައި ވޯޓުލާފައިވާ މީހުންގެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެމެރިކާގައި ގަވާއިދާއި ހިލާފަށް އުޅޭ މީހުންގެ އަދަދަކީ ތިން މިލިއަނާއި ފަސް މިލިއަން ކަމަށް ވެސް ސްޕައިސަރ ވިދާޅުވި އެވެ. އަދި މިކަމަށް ފިޔަވަޅު އަޅާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިންތިހާބުގައި ގަވާއިދާ ހިލާފަށް ބަޔަކު ވޯޓުލާފައިވާ ކަމަށް ޓްރަމްޕް އެންމެ ފުރަތަމަ ވިދާޅުވީ ނޮވެމްބަރު މަހު ކުރެއްވި ޓްވީޓެއްގަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން، އިތުރު ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

 

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އިންތިހާބުގައި އޮޅުވާލުމާއި މަކަރު ހެދުމުގެ މައްސަލަތަކެއް ކުރިމަތިނުވާ ކަމަށް އިންތިހާބީ އޮފިޝަލުން ބުނެފައި ވެއެވެ. އެގައުމުގެ އިންތިހާބީ ނިޒާމަކީ ފުރިހަމަ ނިޒާމެއް ކަމަށާއި އެފަދަ ބޮޑު އޮޅުވާލުމެއް ކުރިމަތިނުވާނޭ ކަމުގެ ޔަގީންކަން އޮތް ކަމަށް ނެޝަނަލް އެސޯސިއޭޝަން އޮފް ސެކެޓްރީސް އޮފް ސްޓޭޓުން ވަނީ ބުނެފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް