12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

ދަޅަކް: 100 ކްރޯޑް ކްލަބަށް ވަދެއްޖެ

  • ކަރަން ވަނީ މި ފިލްމް 100 ކްރޯޑް ކްލަބަށް ވަދެފައިވާ ކަމަށް ބުނެ ޓްވީޓް ކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 2 އޯގަސްޓު 2018 | ބުރާސްފަތި 11:45 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އިޝާން ޚައްތަރު އަދި ޖާންވީ ކަޕޫރު -- ގޫގުލް

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ބޮލީވުޑަށް ތައާރަފް ވެގެން ދިޔަ ފިލްމް "ދަޅަކް" ރިލީޒް ކުރިތާ ދެ ހަފްތާ ވާން ކައިރިވެފައިވާ އިރު، މި ފިލްމަށް އަދިވެސް ދަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދާނީއެއް ލިބެމުންނެވެ.

މިފިލްމަށް ލިބެމުންދާ ކާމިޔާބީ ފާހަގަކޮށް ބުދަ ދުވަހު ކަރަން ޖޯހަރު ކޮށްފައިވާ ޓްވީޓްގައި ވަނީ އެނާގެ "ދަރްމާ ޕްރޮޑަކްޝަން" ގެ ފިލްމް "ދަޅަކް" ވޯލްޑްވައިޑް ކޮށް 100 ކްރޯޑް ކްލަބަށް ވަދެފައިވާ ކަމަށް ބުނެފައެވެ.

ކަރަން ބުނެފައިވަނީ އަލަށް ތަޢާރަފްވާ ދެތަރިންގެ ފިލްމެއް ވޯލްޑްވައިޑް ކޮށް 100 ކްރޯޑްގެ ކުލަބަށް ވަނުމަކީ މަދުން ނޫނީ ނުވާ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ ޖާންވީ އާއި އިޝާން އަށް ޓަކައި ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.

ޝަޝާކް ކައިތަން ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ވެފައިވަނީ ބޮލީވުޑަށް އަލަށް ތައާރަފްވި ދެތަރިން ކުޅުނު ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

އެގޮތުން މި ފިލްމަށްވަނީ ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 8.50 ކުރޯޑް ރުޕީޒް ލިބިފައެވެ.

މި ފިލްމުން ބޮލީވުޑަށް އަލަށް ތައާރަފްވެފައިވާ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ބަޠަލާ ސްރީ ދޭވީގެ ދަރިފުޅެވެ. އަދި ދަޅަކްގެ ފިރިހެން ލީޑްގެ ގޮތުގައި ބޮލީވުޑަށް ތަޢާރުފުވާ އިޝާން ޚައްތަރަކީ ޝާހިދް ކަޕޫރުގެ އެއްބަނޑު ކޮއްކޮ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް