16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އިޒްރާއީލް

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

  • މިއީ ދާއިމީ ސުލްހައަށް އެޅޭ ހުރަހެއް: ތަރުޖަމާނު
ރުޝްދާ ރަޝީދު | rushdhar

| 25 ޖެނުއަރީ 2017 | ބުދަ 15:06 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ގޫގުލް

އިޒްރާއީލްގެ ސަރުކާރުން ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިމާރާތްކުރުމަށް ނިންމާފައިވާ ނިންމުމަށް އދ އިން ފާޑުކިޔައިފި އެވެ.

 

އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ އިޒްރާއީލްގެ ސަރުކާރުން އަޅާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ސުލްހައަށް އިތުރު ހުރަހެއް އެޅިގެންދާ ކަމަށެވެ. އަދި، އިޒްރާއީލް ސަރުކާރުން އަމިއްލައަށް ނަގާ މިފަދަ ނިންމުންތަކުގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރިއަށްދާ މަސައްކަތްތަކަށްވެސް ބުރޫ އަރާ ކަމަށެވެ.

 

ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ދެވަނަ ޕްލޭނެއް ނެތް ކަމަށާއި އިޒްރާއީލްގެ ނިންމުންތަކަކީ ކަންބޮޑުވާ ނިންމުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ހުޅަނގު އައްސޭރީގައި އިތުރު 2،500 ގެ އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށް އިޒްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރައްވާފައި ވަނީ އަންގާރަ ދުވަހު އެވެ.

 

އިޒްރާއީލްގެ މި ނިންމުމަށް އެމެރިކާ އިން ތާއީދުކުރާނޭ ކަމަށް ގިނަ ފަރާތްތަކުން އެއްބަސްވެފައިވެ އެވެ. މިއީ ރައީސް ޑޮނާލްޑް ޓްރަމްޕް މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އިޒްރޭލުން މިގޮތަށް އިއުލާންކުރި ދެވަނަ ފަހަރެވެ. އަދި، އިޒްރޭލްގެ ނިންމުންތަކަށް ތާއީދުކޮށް، އެހީތެރި ވާނޭ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ކުރައްވާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް