25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ތުރުކީ

ތުރުކީގެ ދެ ވަޒީރަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފި

  • ފިޔަވަޅު އަޅާފައި ވަނީ ހައްޔަރުކޮށްފައިވާ އެމެރިކާގެ ފާދިރީ އެންޑްރޫ ބަރަންސަން ދޫނުކޮށްގެން
  • ފިޔަވަޅު އެޅި ތުރުކީގެ ދެ ވަޒީރުންނަކީ ބަރަންސަން ހައްޔަރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ދެބޭފުޅުން ކަމަށް އެމެރިކާއިން ބުނޭ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 2 އޯގަސްޓު 2018 | ބުރާސްފަތި 09:47 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ރައީސް ރަޖަބް ތައްޔިބް އުރުދުޣާން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ). އެމެރިކާއިން ވަނީ ތުރުކީގެ ދެ ވަޒީރަކަށް ފިޔަވަޅު އަޅާފައި -- އަލްޖަޒީރާ

ތުރުކީގެ ދެ ވަޒީރަކާއި ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާން ސާރާ ހުކަބީ ވިދާޅުވީ ތުރުކީގެ ދެ ވަޒީރުން ކަމަށްވާ އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫއާއި، ޖަސްޓިސް މިނިސްޓަރު އަބްދުލްހަމީދު ގުލްއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައި ވާކަމަށެވެ.

އެދެ ވަޒީރުންނާއި މެދު ފިޔަވަޅު އަޅާފައި ވަނީ ހައްޔަރު ކޮށްފައިވާ އެމެރިކާގެ ފާދިރީ އެންޑްރޫ ބަރަންސަން ތުރުކީއިން ހައްޔަރު ކޮށްފައި ހުންނަތާ ދެއަހަރެއްހާ ދުވަސްވެފައި ވަނިކޮށެވެ. ބަރަންސަން  ތުރުކީން ބޭރަށް ދިއުން މަނާކޮށް ހައްޔަރުކޮށްފައިވަނީ ސިޔާސީ ބައެއް ފަރާތްތަކާ ގުޅުން ބޭއްވުމުގެ ތުހުމަތުގައެވެ. އަދި ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގައި އޭނާ ޝާމިލްވާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ އެމެރިކާގެ އޮފިސަރަކަށް ފޮނުވާފައިވާ ސިޓީއެއްގެ މައްސަލަ ވެސް ތުރުކީން ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.  

ސާރާ ވިދާޅުވީ ފިޔަވަޅު އެޅި ތުރުކީގެ ދެ ވަޒީރުންނަކީ ބަރަންސަން ހައްޔަރުކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ދެބޭފުޅުންކަމަށާއި އެދެބޭފުޅުންނަކީ ތުރުކީގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ތަންފީޒުކުރާ އިދާރާތައް ހިންގަވާ ދެވެރިންކަމަށެވެ.

ފިޔަވަޅު އެޅުމާއި ގުޅިގެން އެ ދެވަޒީރުންނަށް އެމެރިކާގެ ގާނޫނު ހިނގާ އެއްވެސް ސަރަހައްދެއްގައި މުދާތައް ހުރިނަމަ އެ ހިފެހެއްޓޭނެއެވެ. އަދި އެމެރިކާގެ ގާނޫނު ހިނގާ ކުންފުނިތަކާއި އެމެރިކާގެ ރައްޔިތުންނާ މުއާމަލާތް ކުރުން މަނާވާނެއެވެ.

ސާރާ ވިދާޅުވީ ބަރަންސަން ދޫކޮށްނުލައިފި ނަމަ އަދިވެސް އިތުރު ފިޔަވަޅުތައް ތުރުކީއާ ދެކޮޅަށް އެމެރިކާއިން އަޅާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް