21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސީރިޔާ

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

  • ސަރުކާރުގެ އެއްވެސް ފަރާތަކާއެކު މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށް ސަރުކާރާޢި އިދިކޮޅު ޖަމާއަތްތަކުން ބުނުން
ރުޝްދާ ރަޝީދު | rushdhar

| 25 ޖެނުއަރީ 2017 | ބުދަ 15:01 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  3. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  4. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  5. މިނިސްޓަރު އަލީ ވަހީދުގެ ކާފާފުޅު އުމުރުފުޅުން 100 އަހަރުގައި އަވަހާރަ ވެއްޖެ
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ
  8. ރައީސްގެ ދަތުރުފުޅަކީ އިންޑިއާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް، ޚަރަދުތައްވެސް އެ ޤައުމުން!


ސީރިޔާގެ ހަލަބު: ސީރިއާގެ އެންމެ ހަމަނުޖެހުން ބޮޑު އެއް ސަރަހައްދު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ސިރިޔާގެ ސުލްހައިގެ މަޝްވަރާތަކުގައި އެގައުމުގެ ސަރުކާރުގެ އެއްވެސް ފަރާތަކާ އެކު މަޝްވަރާ ކުރަން ބޭނުންނުވާ ކަމަށް ސަރުކާރާޢި އިދިކޮޅު ޖަމާއަތްތަކުން އިއުލާންކޮށްފި އެވެ.

 

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ކުރިއަށްދަނީ ކަޒަކިސްތާނުގެ ވެރިރަށް އާސްތާނާގަ އެވެ. މިއީ، ޑިސެމްބަރ 30ގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަށް ފަހު، ރަޝިޔާ، އިރާން އަދި ތުރުކީ މެދުވެރިވެގެން ބާއްވާ ފުރަތަމަ މަޝްވަރާތަކެވެ.

 

މި މަޝްވަރާގައި ސޫރިޔާގެ ސަރުކާރު ތަމްސީލުކުރާ ބައްޝާރު އަލް ޖާފަރީ ވަނީ އިދިކޮޅު ޖަމާއަތްތަކަކީ ޓެރަރިސްޓުން ކަމަށް ސިފަކުރައްވާފަ އެވެ. އަދި، ޓެރަރިސްޓުންނާއެކީ މަޝްވަރާކުރުމަކީ ސީރިޔާ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަ އަހަރުވެފައިވާ އިރު، މިހާތަނަށް ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުން އެއްވެސް ހައްލެއް ހޯދިފައެއް ނުވެ އެވެ. އަދި، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވާ އެއްބަސްވުންތަކުން ވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެ އެވެ. މީގެ އިތުރުން، ހަމަލާތައް ހުއްޓާލުމަށް އެކުލަވާލާ އެއްބަސްވުންތަކާއި ދެ ފަރާތުން ވެސް ހިލާފުވަމުންދާ ކަމަށް ވެސް ގިނަ ރިޕޯޓުތައް ބުނެ އެވެ.

 

މިހާރު ކުރިއަށްދާ މަޝްވަރާތައް ދެ ދުވަހަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވެ އެވެ. މި މަޝްވަރާތަކަށް އައިއެސް އާއި އަލް ނުސްރާ ފްރަންޓް ފިޔަވާ އެހެން ޖަމާއަތްތަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.

 

އދ. އިން ކުރިއަށް ގެންދާ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 8 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް