16 ފެބުރުއަރީ 2019 | ހޮނިހިރު | 04 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޒިމްބާބުވޭގެ އިންތިޚާބު

އިންތިޚާބަށް ފަހު ޒިންބާބުވޭ ހަމަނުޖެހުމަކަށް

  • ޒިމްބާބުވޭގައި އިންތިޚާބު ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު
  • މިއީ ކުރިން ވެރިކަން ކުރެއްވި މުގާބޭގެ ވެރިކަމަށްފަހު ބޭއްވި ފުރަތަމަ އިންތިޚާބު
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 2 އޯގަސްޓު 2018 | ބުރާސްފަތި 09:18 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވި ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވުމާއި ގުޅިގެން އުފާ ފާޅު ކުރަނީ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހަމަނުޖެހުންތައް ހިންގަން ފަށާފަ -- ސްކައި ނިއުސް

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވި ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވުމާއި ގުޅިގެން އެގައުމުގައި ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ފަރާތެއް ހޮވުމަށް 38 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި އިންތިޚާބު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް ބުނެ އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މޫވް މެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދުން ބުނެފައިވަނީ ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީއިން ވޯޓް އޮޅުވާލައި، ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރުން ލަސްކުރަމުންދިއުމަކީ ބަލައިގަނެވޭކަމެއް ނޫން ކަމަށެވެ.

ޒިމްބާބުވޭގައި މިފަހަރު ބޭއްވި އިންތިޚާބަކީ ދިގުމުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށްވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައިވަނީ 70 ޕަސެންޓް މީހުންނެވެ.

އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވިކަމަށް އެމަނިކުފާނު އިއުލާން ކުރެއްވި ނަމަވެސް އެގައުމުގެ އިންތިޚާބާބެހޭ ކޮމިޝަނުން އަދި އެކަން ކަށަވަރުކޮށް ނުދެއެވެ.

ޒިމްބާބުވޭގައި ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި މުގާބޭ އިސްތިއުފާ ދީފައިވަނީ އެމަނިކުފާނު ވަކި ކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ފެށުމާއެކު، ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ފޮނުވި ސިޓީ އެއް މެދުވެރިކޮށެވެ.

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމުގެ ވެރިކަމާއި މުގާބޭ ހަވާލުވެވަޑައިގެންފައިވަނީ 1980 ވަނަ އަހަރު އެވެ. ބޮޑުވަޒީރުގެ މަގާމުގައި ހަތް އަހަރު ހުންނެވުމަށްފަހު، ޒިމްބާބްވޭގެ ރައީސްގެ މަގާމާއި މުގާބޭ ހަވާލުވެވަޑައިގެންނެވީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް