17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މިޔަންމާ

މިޔަންމާގައި ފެންބޮޑުވެ 12އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

  • ފެންބޮޑުވުމުގެ ސަބަބުން 130،000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައި
  • މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ މީހުންނާއި ތިން ސިފައިން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 2 އޯގަސްޓު 2018 | ބުރާސްފަތި 08:47 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މިޔަންމާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ރައްކާތެރި ހިސާބަށް ދިއުމަށް މީހަކު މަސައްކަތް ކުރަނީ -- ޗެނަލް ނިއުސް އޭޝިއާ

މިދިޔަ ބުދަ ދުވަހުން ފެށިގެން މިޔަންމާއަށް ކުރަމުންދާ ވިއްސާރައިގައި 12 އަށް ވުރެ ގިނަ މީހުން މަރުވެ އެތަކެއްހާސް މީހުން ހާލުގައި ޖެހިއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ މީހުންނާއި ތިން ސިފައިންނެވެ. އެގައުމަށް ކުރާ ވިއްސާރައިގައި އިރު ދެކުނުގެ ބޮޑު ބައެއް ވަނީ ފެނުއަޑީގައެވެ.

ޚަބަރުތައް ބުނާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 130،000 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ބައެއް ޖިފުޓިތަކުގެ ފުރާޅާ ހަމައަށް ފެންގަނޑު ބޮޑުވެފައިވާއިރު ހާލުގައި ޖެހުނު މީހުންނަށް 285 ވަގުތީ ކޭމްޕް ވަނީ ހަދާފައެވެ.  އަދި އެމީހުން އެ ކޭމްޕްތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތްތާނގައި މިއަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިޔަންމާގެ މޫސުމާ ބެހޭ ފަރާތްތަކުން ވަނީ އެގައުމަށް ކުރަމުންދާ ވިއްސާރަ ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތްކަމަށް ވިދާޅުވެފައެވެ.  ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައިވާ ކޯރުތަކުގައި ނުރައްކާތެރި ދަރަޖައަށް ފެންބޮޑުވެ ބަންޑުންވަމުން ދާއިރު މީހުން ސަލާމަތް ކުރާ ޓީމުގެ ލީޑަރ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ބައެއް ކޯރުތައް ބަންޑުންވެފައިވާ ކަމަށާއި އިތުރު އަވަށްތަކުގައިވާ ކޯރުތައް ބަންޑުންވެއްޖެނަމަ ނުރައްކާ އިތުރުވެގެން ދާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް