15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އަން ސަން ސޫކީ

ސޫކީގެ ނަން ކެނެޑާގައި ހުންނަ އިންސާނީ ހައްގުތަކާބެހޭ މިއުޒިއަމުން ނަގައިފި

  • އެކަމަނާއަށް ވަނީ ނޮބެލް ޕީސް ޕްރައިޒް 1991 ވަނަ އަހަރު ލިބިވަޑައިގެންފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 2 އޯގަސްޓު 2018 | ބުރާސްފަތި 08:10 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އަން އަންގ ސަން ސޫކީ. އެކަމަނާއަށް ވަނީ ނޮބެލް ޕީސް ޕްރައިޒް 1991 ވަނަ އަހަރު ލިބިވަޑައިގެންފައި -- ސީ.އެން.އެން

މިޔަންމާގެ ލީޑަރު އަން އަންގ ސަން ސޫކީގެ ނަން ކެނެޑާގައި ހުންނަ އިންސާނީ ހައްގުތަކާބެހޭ މިއުޒިއަމުން ނަގައިފިއެވެ.

ސޫކީގެ ނަން އެ މިއުޒިއަމުން ނަގާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ހިނގާދިޔަ، ރޮހިންޖާ މުސްލިމުންނަށް ދިމާވި ލާއިންސާނީ އަނިޔާތަކާއި ގުޅިގެން އެތަކެއް މުސްލިމުންނެއް މަރައި، ގެތައް އަންދައި ބޮޑެތި އަނިޔާތައް ދިން އިރު އެކަމަނާ ހިމޭނުން ހުންނަވައި އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅުއްވާފައި ނުވާތީއެވެ.

ރޮހިންޖާގައި ހިނގާފައިވާ އިންސާނިއްޔަތާއި ޚިލާފު ކައްތައްތަކުގައި ސޫކީ އެކަށީގެންވާ ފިޔަވަޅު އަޅުއްވާފައި ނުވާއިރު އެކަމަނާއަށް ވަނީ ނޮބެލް ޕީސް ޕްރައިޒް 1991 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އެ އެވޯޑަކީ އެގައުމުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ބާރު އަޅައި ހިންގެވި ހަރަކާތްތަކާއި މިޔަންމާގެ ކުރީގެ މިލިޓަރީ ލީޑަރުންނާ ދެކޮޅަށް ތެދުވެ ސުލްހަވެރިކަމާއެކު ޑިމޮކްރަސީ އަށާއި އިންސާނީ ހައްގުތަކަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ލިބިވަޑައިގެންނެވި އެވޯޑެކެވެ.

އެހެން ނަމަވެސް އިންސާނިއްޔަތާ ދެކޮޅު ހަމަލާތަކެއް ސޫކީގެ ލީޑަރޝިޕްގައި މިޔަންމާގައި ހިނގާފައިވާތީ އަދި އެކަމާއި ގުޅިގެން އޭރު އެކަށީގެންވާ ފިޔަވަޅެއް އަޅުއްވާފައި ނުވާތީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފާޑުކިޔުން ވަނީ އެކަމަނާއަށް އޭރު އަމާޒުވެފައެވެ.

މިއުޒިއަމްގެ އިސް ފަރާތެއްކަމަށްވާ އެންޖެލީނާ ސާސީ ވިދާޅުވީ ސޫކީގެ ނަން ކެނެޑާގައި ހުންނަ އިންސާނީ ހައްގުތަކާބެހޭ މިއުޒިއަމުން ނަގާފައިވަނީ އިންސާނިއްޔަތާއި ޚިލާފަށް ރޮހިންޖާގައި ހިންގާފައިވާ ލާއިންސާނީ އަމަލުތައް ހިންގި އިރުވެސް އެކަން މަނާކުރުމަށް އެކަމަނާގެ ލީޑަރޝިޕްގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާތީ ކަމަށެވެ. އެހެންކަމުން އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގުވުމުގައި އެކަމަނާ ޝާމިލްވާ ކަމަށް ބަލައި އެ މިއުޒިއަމްގައި އެކަމަނާގެ ނަން ނެގުމަށް ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

N

4 މަސް ކުރިން

Mi ehaa މާތް ބަހުރުވަ އިން ވާހަކަ ދައްކާ ވަރަށް ވުރެ އަނިޔާ ވެރި މީހެއް ނޫސްވެރިން މި މީހުން ނަށް އެހާ އިޙްތިރާމް ކުރަން ޖެހޭ ސަބަބެއް ހަމަ nuvisnun

0
0