13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

މަގޭ ރިޕޯޓް

ރައީސް ޔާމީން ދިފާއުކުރުމުގައި އަބްދުއްރަހީމް ވަރެއްހަމަނެތް!

  • ރައީސް ޔާމީންގެ ދިފާއުގައި ދެއްކެވި ގިނަ ވާހަކަތަކުން ސަރުކާރު އިތުރަށް ހޫނު ފެނަށް ވެއްޓުނު
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 2 އޯގަސްޓު 2018 | ބުރާސްފަތި 03:24 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް އަބްދުﷲ -- ފޮޓޯ: ރާއްޖެ އެމްވީ

1 ފެބުރުއަރީ އިން ފެށިގެން ޕީޕީއެމްގެ ހުރިހާ ކަމެއްގެ އެންމެ އިސް ސަފުން ފެންނާނީ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރަށް ކޮނޑު ވިއްދައިގެން ހުންނަން ޖެހުނު ކަމަށް ވިޔަސް، އަދި ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ކޮންމެ ފަދަ ވާހަކައެއް ދައްކަވަން ޖެހުނަސް، ގާނޫނަކަށް އުސޫލަކަށް، ލަދަކަށް ޖެހިލުންވެވަޑައިނުގެން އެކަން ކުރެއްވީ ހަމަ އަދުރޭ އެވެ. މިއީ އެންމެން ވެސް އިއްތިފާގުވާނެ ކަމެކެވެ. 

ޕީޕީއެމާއި، ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އަބްދުއްރަހީމް ދައްކަވާ މޮޅެތި ވާހަކަތަކުން، ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި އެއްފަދަ މޮޅެތި ވާހަކަތައް ދައްކަވަން ކެރިވަޑައިގެން، ރައީސް ޔާމީން ދިފާއު ކުރައްވަން ޕީޕީއެމްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް އަދުރޭތޯ އެތައް ބަޔަކު ސުވާލު އުފައްދަ އެވެ.

ސުވާލު ނުއުފައްދަންޖެހޭ ސަބަބެއްވެސް ނެތެވެ. ފެބްރުއަރީ 1 ގެ އަމުރަށް ފަހު ހައެއްކަ މެމްބަރުން އެއްކޮށްގެން ދެ ގަޑިން ކާ ބޭހެއްހެން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ، އިދިކޮޅު ފަރާތްތަކަށާއި، ކޯޓުތަކަށް އެތިވަރު ގޮވަން ވެސް ކެރިވަޑައިގަތީ އަދުރޭއަށް ވިއްޔާ އެވެ. ޓީވީ ސްޓޭޝަންތައް ބަންދުކުރަން ގޮވާ، ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރި އަމުރާއެކު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމުގެ އިންޒާރުދީ، ސަރުކާރު ހަމަ އިސްކޮޅަށް ތެދުކޮށް ދިނުމަށް ހަމަ ނިދި ނުނިދާ ކުރީ ވެސް ހަމަ އަދުރޭ އެވެ. 

ކެމްޕޭން ޖަލްސާއެއްގައި ރައީސް ޔާމީނާއެކު އަބްދުއްރަހީމް -- ފޮޓޯ: ރާއްޖެ.އެމްވީ

އަދި ކިޔެއްތަ އެތައް އެތައް ދީނީ އިލްމުވެެރިންތަކެއްގެ ތާއީދު އޮތް ކަމަށް ބުނާ ޕާޓީއެއްގައި، ސަރުކާރު ދިފާއުކޮށް ދީނީ އިލްމްވެރިޔަކަށް އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަތުމުން "ރައީސް ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ އިސްލާމް ދީނާ ދެކޮޅަށްދޭ ވޯޓެއް" ކަމަށް ވިދާޅުވެ ފަތުވާ ދެއްވީ ވެސް ހަމަ އެ އަދުރޭ ނޫން ދެން ފަހެ ކާކުހެއްޔެވެ؟ އާހިރުގައި ރައީސް ޔާމީނަށްޓަކައި ދީނީ "އިލްމުވެރިޔަކަށް" ވެވަޑައިގަންނަވަންޖެހުނީ ވެސް އޭނާއަށެވެ. 

އަދުރޭ ވިދާޅުވި މޮޅު ދީނީ ބަސްފުޅާއެކު ރައީސް އަބްދުﷲ ޔާމީނަށާއި، ސަރުކާރަށް އަމާޒުވި ފާޑުކިޔުމާއި ލިބުނު ގެއްލުން އަދި އެއީ އެހެން ވާހަކައެކެވެ. ޔަޤީންވާ ކަމަކީ އަބްދުއްރަހީމް އެފަދަ މޮޅު ބަސްފުޅެއް ވިދާޅުވީ ހަމަ ރައީސް އަބްދުﷲ ޔާމީން ދެކެވާ ލޯތްބެއްގެ ބޮޑުކަމުންކަމެވެ. 

މޮޅެތި ދީނީ ބަސްފުޅުތައް ވިދާޅުވެ އެވަރުން ނުފުދުނު ތާނގާއި، ރައީސް ޔާމީންގެ ކެމްޕޭނަށް ފާޑުކިޔުންތައް އަމާޒުވެ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭން ކުރައްވާނީ ހުދުމުތާރު ވެރިކަންކަމަށް އިދިކޮޅުން ސިފަކުރުމާއެކު، ޑިމޮކްރަސީގެ މާހިރަކަށްވެވަޑައިގެން އެކަމަށް ހައްލެއް ހޯދައިދެއްވީ ވެސް ހަމަ އަދުރޭ އެވެ. ސަރުކާރުގެ ދިފާއުގައި އިދިކޮޅު ފަރާތްތަކަށް ޑިމޮކްރަސީގައި އޮތް އެއްޗެއް ބުނެދެއްވަން ވެސް ކެރުނު ބޭފުޅަކަށްވީ އަބްދުއްރަހީމް އެވެ. 

އޭނާ ވިދާޅުވީ ގޮތުގައި ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގެ ނިޒާމުގައި ވެރިކަމުގައި އޮންނަ ޕާޓީން އިތުރު ދައުރެއް ހޯދަން މަސައްކަތް ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުތަކުގައި ތިބި މީހުންނާ ވެސް އެކު ކަމަށެވެ. 

"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން [ކެމްޕެއިނަށް] ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ."

ފަހަރުގައި ރައީސް ޔާމީންގެ ދިފާއުގައި، އިދިކޮޅު ފަރާތްތަކަށް ޑިމޮކްރަސީ ކިޔައިދެއްވިއިރު، މިއަރައިގަނެވެނީ ޤާނޫނީ ކުށަކަށްކަން ވެސް އަބްދުއްރަހީމަށް އެނގިވަޑައިނުގަންނަވަނީތޯއްޗެކެވެ. އެހެނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ދައުލަތުގެ އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ ފައިދާއަށް ބޭނުން ކުރުމަކީ ކުށެކެވެ. އަދި ސަރުކާރު މުވައްޒަފެއްގެ ރަސްމީ ގަޑީގައި އެމުވައްޒަފަކު ލައްވައި ވަކި މީހަކަށް ފައިދާވާ ކަމެއް ކުރުވުމަކީ ވެސް ގާނޫނީ ކުށެކެވެ.

އެކުށް ކުރާ މީހެއްގެ އަތުން ބަދަލު ހޯދުމާ އެކު ތިން އަހަރުގެ ޖަލު ހުކުމެއް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ރައީސް ޔާމީންގެ މުޅި ކެމްޕޭނަށާއި، އެމަނިކުފާނުގެ ނަންފުޅަށް އެކަމުގެ ސަބަބުން ބަހުގެ ހަމަލާތައް އަމާޒުުވެ، މުޅި ސަރުކާރު ހޫނު ފެނަށް ވެއްޓުނު ނަމަވެސް އަބްދުރަހީމް އެފަދައިން ވިދާޅުވީ ހަމަ ރައީސް އަބްދުﷲ ޔާމީން ދެކެވާ ލޯތްބެއްގެ ބޮޑުކަމުން، ނޫނީ ނުވާނެ އެވެ. 

ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް / ޓުވިޓަރ

ދެންވެސް އޮތީ ހަމައެފަދަ އެހެންވާހަކައެކެވެ. 

ޕީޕީއެމްގައި ފުންނާބު އުސް އެތަކެއް ޤާނޫނީ ވަކީލުންނެއް ވެސް އެބަތިއްބެވި އެވެ. ޤާނޫނީ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގައި އެބަތިއްބެވި އެވެ. ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާއަށް ބެލިކަމުގައިވިނަމަވެސް އެއީ ޤާނޫނު ދެނެވަޑައިގެން ތިއްބެވި ޤާނޫނީ ވަކީލުންނެވެ. ނަމަވެސް އާހިރުގައި ސަރުކާރުގެ ދިފާއުގައި ޤާނޫނީ ވަކީލަކަށްވެވަޑައިގަންނަވަންވެސް ޖެހުނީ ހަމަ އަބްދުއްރަހީމަށެވެ.

ދައްކަން މި އުޅެނީ ރިޝަވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުނިކުރުމަށް ސަރުކާރުންޖެހި ސަރުކަރާތުގެ ވާހަކަ އެވެ. ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުނިކުރުމަށް ސަރުކާރުން އިސްލާހް ހުށައެޅިކަން ފަޅާއެރުމާއެކު، މުޅި ސަރުކާރު ހޫނު ފެނަށް ވެއްޓުނު އެވެ. އެކަމުން ސަރުކާރު ނަގައިގަތުމަށްޓައި، ބޭނުންނުކޮށް އެއްފަރާތް ކޮށްފައި އޮތް ބިލެއް ނަގައި، އަމިއްލަ ނަމުގައި މަޖިލީހަށް ހުށައަޅާ ހޭވި ހަޑިތައް ސާފުކުރަން އިތުރު ހަޑިތައް ހާވަން ކެރިވަޑައިގެންނެވީ ވެސް ހަމަ އަދުރޭއަށެވެ. 

އެ ބިލްގައި އޮތް އެއްޗެއް އަބްދުއްރަހީމަށް އެނގިވަޑައިގަންނަވާ މިންވަރާއި، އަބްދުއްރަހީމްގެ މޮޅުކަން އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުުން ބެއްލެވި ބޭފުޅުންނަށް އެ އޮތީ ހާމަކަން ބޮޑުކޮށް ފެންނާށެވެ. އެކަމުގައި އިތުރު ސުވާލަކަށްވެސްދާން ނުޖެހޭ މިންވަރަށް، އެ ޕްރެސް ކޮންފަރެންސް ބެލި މީހުންނަށް އަބްދުއްރަހީމްގެ ހުރި ކުޅަދާނަކަން މާބޮޑަށް ވެސް އެނގި ސާފުވާނެ އެވެ. 

ކޮންމެއަކަސް ޔަޤީންވާ ކަމަކީ ރައީސް ޔާމީންގެ ދިފާއުގައި ހަމަ ކޮންމެ އެއްޗެއް ވިދާޅުވެ، ކޮންމެ މަޤާމެއް ފުރަން ވެސް ހުންނެވީ ހަމަ އަބްދުއްރަހީމްކަމެވެ. ޤާނޫނީ ވަކީލުންނާއި، ދީނީ އިލްމުވެރިންނާއި، ސިޔާސީ މުފައްކިރުންނަށް ރައީސް ޔާމީންގެ ދިފާއުގައި މޮޅެތި މޮޅެތި ވާހަކަތައް ވިދާޅުވާ ކެރިވަޑައިނުގެންނެވި ނަމަވެސް އަބްދުއްރަހީމް ހުންނެވީ ދޫދެއްވަން ނޫންކަމެވެ.

ރައީސް ޔާމީން ދިފާއުކުރެވުމުގެ ނަމުގައި އަބްދުއްރަހީމް ދެއްކެވި ވާހަކަތަކުން ރައީސް ޔާމީން އިތުރަށް ފަލީހަތްވެ ބޭޒާރުވިނަމަވެސް އެނގިގެންދާ އެއްކަމަކީ އަބްދުއްރަހީމްއަކީ ހަމަ ފިސާރި ބޭފުޅެއްކަމެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހެއްރަބެ

4 މަސް ކުރިން

އަދުރޭ ސަރުކާރުގެ މުދަލުން ވައްކަން ކޮށްގެން އަރުވާލިވާހަކަވެސް ވައްބަހުން ބުނެލިނަަމަ ނަސީރުގެ ޢާޓިކަލް އިތުރަށް ފުރިހަމަވީސް!!!އ

1
2