23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ެއާލިއާ ބަޓް

އާލިއާގެ ފޮޓޯއަކަށް ރަންބީރު މަންމަ ތައުރީފްކޮށްފި

  • މިވަގުތު މިދެމީހުން ތިބީ ބަލްގޭރިއާގައި
ރިޒުނާ ޒަރީރު | RiznaZareer

| 1 އޯގަސްޓު 2018 | ބުދަ 23:16 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  5. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  6. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  7. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  8. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު


ރަންބީރު ނަގާފައިވާ އާލިޔާގެ ފޮޓޯއެއް -- އިންސްޓަގްރާމް

މިދުވަސްވަރު ބޮލީވުޑް ޙަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައިވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ރައްޓެހިވެގެން އުޅޭ ވާހަކައެވެ.

މި ދެ މީހުންގެ ފަރާތުން މިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް ގިނަ ހަފްލާތަކުން މި ދެ މީހުން އެކީގައި ފެނިގެންގޮސްފައިވެއެވެ.

ރަންބީރާއި އާލިއާ މިވަގުތު ތިބީ އެ ދެ މީހުން މިހާރު ކުޅެމުންދާ ފިލްމު 'ބްރަހްމަސްތްރާ'ގެ ޝޫޓިންއެއްގައި ބަލްގޭރިއާގެއެވެ.

މިދުވަސްކޮޅު އާލިޔާ ތަފާތު ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިޔާއަށް އާންމު ކުރަމުން ދާއިރު މި ހުރިހާ ފޮޓޯއެއްވެސް ނަގާފައިވަނީ ރަންބީރުކަން އިނގޭ ގޮތަށް އާލިޔާގެ ފޮޓޯ ކެޕްޝަނުގައި ޖަހާފައިވެ އެވެ.

އެގޮތުން އެންމެ ފަހުން ރަންބީރު ނަގާފައިވާ އާލިއާގެ ފޮޓޯއަށް އޭނާގެ މަންމަ ނީތޫ ކަޕޫރު ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން އިންސްޓަރގްރާމަށް ލާފައިވާ އާލިއާގެ ކަޅާއި ހުދުގެ މިފޮޓޯއަށް ނީތޫ ކޮށްފައިވާ ކޮމެންޓްގައި އާލިއާ ވަރަށް ރީތި ކަމަށް ސިފަކޮށްފައިވެއެވެ.  

'ވޭކް އަޕް ސިޑް' އަދި 'ޔޭ ޖަވާނީހޭ ދިވާނީ' ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އާޔަން މުކަރްޖީގެ 'ބްރަހްމަސްތްރާ'ގައި އަމީތާބް ބައްޗަން، ނަގަރްޖާ، ޑިމްޕަލް ކަޕާޑިއާ އަދި މޮނީ ރޯއީވެސް ފެނިގެންދާނެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15، 2019 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް