18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އޫރިދޫ މޯލްޑިވްސް

އަތްފޯރާފަށުގައި މުވާސަލާތީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދޭނަން: ނަޖީބް ޚާން

  • އޫރިދޫގެ އަހަރީ ދުވަހަކީ 1 އޮގަސްޓް
  • މުވާސަލާތީ ގިނަ ޚިދުމަތްތައް އަގުު ހެޔޮ ކުންފުންޏެއް
  • އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ
ރިޒުނާ ޒަރީރު | RiznaZareer

| 1 އޯގަސްޓު 2018 | ބުދަ 22:11 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


އުރީދޫގެ 13 ވަނަ އަހަރީ ދުވަސް؛ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް -- އުރީދޫ

އަތްފޯރާފަށުގައި މުވާސަލާތީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދީގެން ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

ސީއީއޯ ނަޖީބް ޚާން މިހެން ވިދާޅުވީ އޫރިދޫއަށް 13 އަހަރު ފުރުމާއި ގުޅިގެން ނެރުއްވި ބަޔާނުގައެެވެ. އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެންމެހާ ބޭފުޅުން އަހުލުވެރިކޮށް، ޑިޖިޓަލް ދުނިޔޭގެ ފައިދާ ލިބިގަތުމުގެ ފުރުސަތު ދިނުމަށްޓަކައި އުރީދޫ އިން ދަނީ އިންޓަނެޓް ސޭފްޓީ ޕްރޮގްރާމާއި އިސް ރަށްވެހިންނަށް ޑިޖިޓަލް ކަންކަން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކުރިމަގުގައި ހުރިހާ ކަމެއް ވެސް ވެގެންދާނީ ޑިޖިޓަލްކޮށް ކަމުގައި ދަނެގެން، މި ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރި ކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

މީގެ ތެރޭގައި، ޑިޖިޓަލް ބިޒްނަސްތައް ކުރިއެރުވުމަށް އެހީތެރިވެދޭ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް، ޔޫއެންޑީޕީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން ކުރިޔަށްގެންދާ ސްމާރޓް ސިޓީ ޕްރޮޖެކްޓާއި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ފަދަ ޑިޖިޓަލް ދުނިޔޭގައި މުޖުތަމައުގެ ފަރުދުން ބާރުވެރިކޮށްދޭ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި ހަމައެހެންމެ އުރީދޫގެ އޮންލައިން އެޑިޔުކޭޝަން ޕްލެޓްފޯމް ކަމަށްވާ އުރީދޫ ސްމާރޓް ކެމްޕަސް އާއި ކުޑަކުދިންގެ މެދުގައި ސްޓެމް މާއްދާތަކަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ސައިޓެކް ފެސްޓިވަލް ފަދަ ތައުލީމީ ހަރަކާތްތައް ވެސް އުރީދޫ އިން ދަނީ ކުރިއަށްގެންދަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އުރީދޫއިން ކުރާ ކޮންމެ ކަމަކީ ވެސް ޑިޖިޓަލައިޒޭޝަންގެ މިސްރާބަށް ކުރެވޭ ކަންކަަމަށްވާއިރު މިދިޔަ އަހަރު އެކަނިވެސް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަކަށް ބާރުއަޅާދޭޭ އަދި އުރީދޫ އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަށް ހަރުދަނާކޮށްދޭ 8 ޕްލެޓްފޯމް އެއް ވަނީ ތަޢާރަފްކޮށްފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އުރީދޫ އިން ވަނީ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މުޅި ރާއްޖޭއަށް ފެތުރިފައިވާ އަދި އެންމެ ކުރިއަރާފައިވާ 4ޖީ+ ނެޓްވާރކެއް ބިނާ ކުރުމަށް މުހިއްމު އިންވެސްޓްމަންޓްތަކެއް ކޮށްފައި ކަމަށް ވިދާޅުވަމުން މި ނެޓްވަރކް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް، ދިރުއުޅުމަށް ފައިދާ ކުރާ ފަދަ ޑިޖިޓަލް ޚިދުމަތްތަށް ބޭނުން ކުރުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ފަހުގެ އަދި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިޖްތިމާއީ އަދި އިގްތިސާދީ އާ ފުރުސަތުތަކަށް މަގުފަހިކޮށްދީގެން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމުގެ ޔަގީންކަން އުރީދޫގެ ކަސްޓަމަރުންނަށް ނަޖީބް ޚާން އެރުވިއެވެ.

އަދި ރާއްޖޭގެ ޑީޖިޓަލް ދާއިރާގައި، ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުތައް ގުޅުވައިދީ، ކުރިއެރުމަށް ހުރި އާ ފުރުސަތުތައް ފަހިކޮށްދީގެން އުރީދޫއިން ދަނީ ކުރީ ސަފުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

އޫރިދޫގެ 13 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖެއެމްވީގެ ފަރާތުން އޫރިދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އަރިސްކުރަމެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް