22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:53
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ކުޑަކުއްޖަކު މަރުވުން

އިންޑިއާގެ މަތިންދާބޯޓެއްގައި ނޭވާ ހާސްވެގެން ކުޑަކުއްޖަކު މަރުވެއްޖެ

  • މަރުވި ކުއްޖާއަކީ އެންމެ ހަތަރު އަހަރުގެ ކުއްޖެއް
  • އެމެޖެންސީކޮށް ވަނީ ހައިދްރާއާބާދުއަށް ތިރިކޮށްފައި
އަރުޝަމް އަބްދުލް ޢަޒީޒް | @arushams

| 1 އޯގަސްޓު 2018 | ބުދަ 19:40 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


އިންޑިއާގެ އެއާލައިނެއްގެ މަތިންދާ ބޯޓެއް -- ގޫގުލް

އިންޑިއާގެ ޕަޓްނާ ސިޓީއަށް ދިއުމަށް ބެންގަލޫރުން ދަތުރުކުރި މަތިންދާބޯޓުގައި ކުޑަ ކުއްޖަކު ނޭވާ ހާސްވެގެން މަރުވެއްޖެއެވެ.

އިންޑިއާގެ އިންޑިގޯ އެއާލައިނުން މައިންބަފައިންނާއެކު ދަތުރު ކުރަމުންއައި ހަތަރު މަހުގެ ތުއްތު ކުއްޖާ ނޭވާ ހާސް ވާން ފެށީ ދަތުރު މަތީގައެވެ. ޕައިލެޓުން ވަނީ ވަގުތުން ފްލައިޓްގެ މިސްރާބު ބަދަލު ކޮށްލުމަށް ފަހު ހައިދްރާއާބާދުއަށް ޖައްސާފައެވެ. އަދި ޖެއްސުމުގެ ކުރިން ވަނީ އެއާޕޯޓަށް އެމްބިއުލަންސްއަކާއި ޑޮކްޓަރެއް ފޮނުވުމަށް ވެސް އެދިފައެވެ.

ނަމަވެސް އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުއިރު ކުއްޖާގެ ފުރާނަ ވަނީ ގެއްލިފައި ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފައެވެ.

ރޭގަނޑު ހިނގި އެ ހާދިސާގައި އެއްވެސް ބައެއްގެ އިހުމާލެއް ނުވާ ކަަމަށާއި ހުރިހާ ކަމެއް ވެސް ދިޔައީ ކަންކުރަން އޮންނަ އުސޫލުގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ކުއްޖާ މަރުވުމާ ގުޅިގެން ދަތުރު ކުރި އެއާލައިނުން ވަނީ ތައުޒިޔާ ކިޔާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް