19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

  • ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ހައަހަރުވާން ގާތްވެފައިވާ އިރު މިހާތަނަށް 310،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ
އަހުމަދު އަނޫޝު | IamAhmedAnoosh

| 25 ޖެނުއަރީ 2017 | ބުދަ 12:13 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  6. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު


މަޝްވަރާތައް ކުރިއަށް ދަނީ -- ގޫގުލް

ސީރިޔާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް ސީރިޔާ ސަރުކާރާއި، އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ހޯމަދުވަހު ފެށި މަޝްވަރާތަކުގެ ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ.

 

ގިނަ އަހަރުތަކެއް ވެފައިވާ ސީރިޔާ ހަނގުރާމަ އަށް ސުލްހަ ގެނައުމަށް އިދކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ބައިވެރިގެން ކުރިޔަށްދާ މަޝްވަރާތަކުގެ ފުރަތަަމަ ދުވަހު، މަޝްވަރާތައް ފެށިތާ މާގިނައިރުތަކެއް ނުވެ އެއް ފަރާތުން އަނެއް ފަރާތަށް ބަހުގެ ހަމަލާތައް ރައްދުކޮށް ތަފާތު ތުހުމަތުތަކެއް ކުރިތަން ފެނިގެން ދިޔައެވެ.

 

އިދިކޮޅު ހަނގުރާމަވެރިންގެ ތަރުޖަމާނު އުސާމާ އަބޫ ޒައިދު އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނީ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ މަޝްވަރާއާ ގުޅޭ ކަން ކަމަށް ކަމަށް އަމަލު ކުރާނެ ކަމަށެވެ.

 

ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލް އަދާކުރަނީ ރަޝިއާ އާއި އިރާން ކަމަށްވާ އިރު އެދެގައުމަކީ ސީރިޔާގެ ސަރުކާރަށް ވާގިވެރިވާ ދެގައުމެވެ. ސީރިޔާގެ ހަނގުރާމަވެރިންނަށް ތާއިދު ކުރަނީ ތުރުކީންނެވެ.

 

މިއީ އދ. އިން އިސްނަގައިގެން މިދިޔަ އަހަރު ޖެނީވާގައި ބޭއްވި ސުލްހައިގެ މަޝްވަރާތައް މިދިޔަ އަހަރު ކުރީކޮޅު ސަސްޕެންޑް ކުރި ފަހުން ބާއްވާ މިފަދަ ފުރަތަމަ ސުލްހައިގެ މަޝްވަރާތަކެވެ.

 

މިހާރު ބާއްވަން އުުޅޭ މަޝްވަރާތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ނުހިމެނެއެވެ.

 

ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަށް ހައަހަރުވާން ގާތްވެފައިވާ އިރު މިހާތަނަށް 310،000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެތައް ބަޔަކު ރެފިއުޖީންގެ ގޮތުގައި ވެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް