15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފަތުރުވެރިކަމުގެ ފައިދާ

ފަތުރުވެރިން ޒިޔާރަތް ކުރިވަރު އިތުރުވެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 15.3 ބިލިއަން ރުފިޔާ

  • މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނޭ
އާމިނަތު ނުޒުހާ | nuzu8121

| 1 އޯގަސްޓު 2018 | ބުދަ 18:35 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  8. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި


ފަތުރުވެރިންތަކެއް ރާއްޖެއިން ފުރަނީ -- ފޮޓޯ: އަޝްވާ ފަހީމް

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އިތުރުވެ ރާއްޖެ އަށް 993.5 މިލިޔަން ޑޮލަރު 15.3 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން ބުދަ ދުވަހު ނެރުނު ކުއާޓާލީ އިކޮނޮމިކް ބްލެޓިންގައި ބުނެފައިވަނީ، މާޗް މަސް ނިމުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތް ކުރި މިންވަރު ވަނީ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. 

އެގޮތުން ފުރަތަމަ ކުއާޓަރުގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މަރުކަޒީ ބޭންކުން ބުނީ ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ރަނގަޅުވުމުން، އެ ދާއިރާ އިން ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާ ބަލާއިރި މި އަހަރު 20 ޕަސެންޓް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރުވެގެން ދިޔަ ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮކިއުޕެންސީ ހުރީ 75 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު އުޅުނީ 70 ޕަސެންޓުގަ އެވެ.

މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ބޭރު ގައުމުތަކުން އިތުރު ފްލައިޓް ދަތުރުތައް ފެށި، ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމަކޮށް އާ ފްލައިޓް ރާއްޖެ އަށް އުދުހެން ފަށަން ހަމަޖެހިފައިވާތީ ފަތުރުވެރިން އަންނަ ވަރު އިތުރުވެގެން ދާނެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުވާނެ ކަމަށް ވެސް އެމްއެމްއޭ އިން ލަފާކުރެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް