
| 1 އޯގަސްޓު 2018 | ބުދަ 17:10 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އޭސީ މިލާނަށް ބަދަލުވުމުގެ ކަންކަން އަދި ނުނިމޭ ކަމަށް ޔުވެންޓަސްގެ ގުއިސިއްޕޭ މަރޯޓާ ބުނެފިއެވެ.
އުމުރުން 30 އަހަރުގެ ހިގުއައިން މިލާނަށް 18 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެ އެއްބަސްވުން ނިމުމާއެކު މިލާނަށް 36 މިލިއަން ޔޫރޯގެ ފީއަކާއެކު އޭނާ ދާއިމީ ކުޅުންތެރިޔަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި އެއްބަސްވުމާއެކު މިލާންއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަލުން އެނބުރި ޔުވެންޓަސްއަށް ބަދަލުވާނެއެވެ. ހަމައެހެންމެ ޔުވެންޓަސްގެ ޑިފެންޑަރު މަޓިއާ ކަލްޑާރާ މިލާނަށް ދިނުމަށް ޔުވެންޓަސްއިން ވަނީ ނިންމާފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން މަރޯޓާ ބުނީ މިލާނާއެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް އެއްބަސްވުމަކަށް އާދެވިފައިނުވާ ކަމަށެވެ.
ހިގުއައިން ވިއްކާލުމަށް ޔުވެންޓަސްއިން ނިންމީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމާއި ގުޅުމާއި ވިދިގެންނެވެ. އޭނާ އެޓީމަށް ބަދަލުވީ 112 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ނަޕޯލީއިން 2016 ވަނަ އަހަަރު ޔުވެންޓަސްއަށް ބަދަލުވުމަށްފަހު ހިގުއައިން ވަނީ އެޓީމަށް ޖެހިޖެހިގެން ދެ އިޓާލިއަން ސެރީއޭ ހޯދައިދީފައެވެ. އޭނާ ވަނީ އެޓީމަށް ޖުމްލަ 105 މެޗު ކުޅެދީ 55 ލަނޑު ޖަހައިދީފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް