
| 25 ޖެނުއަރީ 2017 | ބުދަ 09:13 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ދަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށް އެޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ބުނެފި އެވެ.
ޔުނައިޓެޑް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޑެހެއާ ބުނީ ދަނޑުމަތީގައި މިހާރު ރަނގަޅު ކުޅުމެއް އޭނާ އަށް ދެއްކެމުން އަންނަ ކަމަށާއި، ޔުނައިޓެޑްގެ ޖޯޒީގައި ކުޅެން ފަހުރުވެރިވެ އުފާވާ ކަމަށެވެ.
އެގޮތުން ޑެހެއާ ބުނީ މިހާރު އޭނާ ހުރި ލެވެލްގައި މި ސީޒަން ނިންމާލަން ބޭނުންވާ ކަމަށާއި، އެހެންނަމަވެސް އެކަމަށް ވަރަށް ބުރަ މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ކްލަބްވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޔުނައިޓެޑްގެ ކުޅުމާ ބެހޭގޮތުން ޑެހެއާ ބުނީ ޓީމުން ކުރާ ޑިފެންޑިން ވަރަށް މޮޅު ކަމަށާއި، ގިނަ ވަގުތު މެޗުތަކުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެނީވެސް ޔުނައިޓެޑް ކަމަށެވެ. އެގޮތުން ޔުނައިޓެޑަށް ހަމަލާއުފައްދަން ފުރުސަތު މަދުން ލިބި ބައިކޮޅަށް ވަންނަ ލަނޑުތައް މަދުވެގެންދާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ބެލެވޭ ޑެހެއާ ހޯދުމާ ގާތަށް މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ދިޔަ އެވެ. އެހެންނަމަވެސް ޔުނައިޓެޑުން އަދި ރެއާލް އިން ކުރަންޖެހޭ ބައެއް އިދާރީކަންތައް ފުރިހަމަނުވެގެން ޓްރާންސްފާ ކުރެވޭ ގޮތް އެންމެ ފަހުވަގުތު ނުވި އެވެ.
ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޑެހެއާ ވަނީ ޔުނައިޓެޑަށް މި ސީޒަނުގައި މިވީތަނަށް 29 މެޗު ކުޅެދީފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް