25 ސެޕްޓެންބަރ 2018 | އަންގާރަ | 06 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ސްރީލަންކާ

ސްރީލަންކާގެ 100 ސިޓީއެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލައިފި

  • ސިނގިރޭޓް ވިއްކުން މަނާ ނުކުރާ ސިޓީތަކުން ވަނީ ކޮންމެ ސިނގިރޭޓަކުން 3.80 ރުޕީސް ބޮޑުކޮށްފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 1 އޯގަސްޓު 2018 | ބުދަ 12:49 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި


ހެލްތު މިނިސްޓްރ ޑރ. ރަޖީތާ ސެނަރަތުނަ -- ގެޓީ އިމޭޖާސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެކުލަވާލާފައިވާ ދުންފަތް ކޮންޓްރޯލް ކުރުމުގެ މުއާހަދާގެ ދަށުން ސްރީލަންކާގެ 100 ސިޓީއެއްގައި ސިނގިރޭޓް ވިއްކުން ހުއްޓާލާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރ ޑރ. ރަޖީތާ ސެނަރަތުނަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާސް ޔޫނިއަންގެ 83 ވަނަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސެނަރަތުނަ ވިދާޅުވީ ސްރީލަންކާގައި ސިނގިރޭޓް ބުއިމާއި ހުއްޓުވުމަށް އިންސްޕެކްޓަރުންގެ ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސިނގިރޭޓް ވިއްކުން އެއްކޮށް ހުއްޓުވާލުން 200 ސިޓީއަށް އިތުރު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނގިރޭޓާއި ދުންފަތުގެ އިސްތިމާލު ކުރުމަށް ހިތްވަރުލިބޭ އުފެއްދުންތައް އިޝްތިހާރު ކުރުން ހުއްޓާލުމަށް ވެސް ސެނަރަތުނަ ވަނީ އެދިވަޑައިގެންފައެވެ.

ދުންފަތް ވިއްކާ ކުންފުނިތަކުން ވަނީ އެއް މިލިއަން ސިނގިރެޓް މުއްދަތު ހަމަވެ ނުވިކު ހުރި ކަމަށް އެ ކުންފުނިތަކުން ފާހަގަ ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައެއް ސިޓީތަކުން ސިނގިރޭޓް ވިއްކުން އެއްކޮށް ހުއްޓާލުމާ ގުޅިގެން މަނާ ނުކުރާ ސިޓީތަކުން ވަނީ ކޮންމެ ސިނގިރޭޓަކުން 3.80 ރުޕީސް ބޮޑުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް