12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ބޮލީވުޑް

'ދަޅަކް' ރިލީޒް ކުރިތާ 12 ދުވަސް: އަދި ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުން

  • މިހާތަނަށް ވަނީ 63.39 ކްރޯޑް ރުޕީސް ހޯދާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 އޯގަސްޓު 2018 | ބުދަ 10:12 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު -- ގޫގުލް

ޝަޝާންކް ކެއިތަން ޑައިރެކްޓް ކޮށްފައިވާ ފިލްމް " ދަޅަކް" ރިލީޒް ކުރިތާ 12 ދުވަސް ވެފައިވާ އިރު ވެސް އެ ފިލްމަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ބޮކްސް އޮފީހުގައި މިހާތަނަށް ލިބުނު އާމްދަނީ 63.39 ކްރޯޑް ރުޕީސް އަށް އަރާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމް އެޅުވި ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 8.50 ކުރޯޑް ރުޕީޒް ލިބިފައެވެ. އެހެން ކަމުން މި ފިލްމް ވެފައި މިވަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ތަރިން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ.

"ދަޅަކް" އަކީ ކާމިޔާބު މަރާތީ ފިލްމް "ސައިރާތް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމުން ބޮލީވުޑަށް އަލަށް ތަޢާރުފުވާ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ ކާމިޔާބު ބަޠަލާ ސްރީ ދޭވީގެ ދަރިފުޅެވެ. އަދި ދަޅަކްގެ ފިރިހެން ލީޑްގެ ގޮތުގައި ބޮލީވުޑަށް ތަޢާރުފުވާ އިޝާން ޚައްތަރަކީ ބޮލީވުޑްގެ އެކްޓަރ ރާޖޭޝް ޚައްތާރާއި ޓީވީ އެކްޓްރެސް ނީލިމާ އަޒީމްގެ ދަރިފުޅެވެ. އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޝާހިދު ކަޕޫރަކީ އިޝާންގެ އެއްބަނޑު ބޭބެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް