18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބޮލީވުޑް

'ޕަލްތާން'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

  • ޓްރޭޑް އެނަލިސްޓް ތަރަން ވަނީ އެ ފިލްމްގެ ޕޯސްޓަރުތައް ޓްވީޓް ކޮށްފައި
  • މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 7 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 އޯގަސްޓު 2018 | ބުދަ 09:02 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ޕަލްތާންގެ ޕޯސްޓަރުގައި ޖެކީ ޝްރޯފް -- ގޫގުލް

ބޮލީވުޑް ފިލްމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެއް ފިލްމް "ޕަލްތާން" ގެ ފުތަރަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ވަނީ މިދިޔަ އަންގާރަ ދުވަހު މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު ޓްވީޓް ކޮށްފައެވެ.

އޭނާ ޓްވީޓްކޮށްފައިވާ ޕޯސްޓަރުތަކުން ފެނިގެން ދަނީ އެ ފިލްމްގެ މުހިއްމު ރޯލަކުން ފެނިގެންދާ ޖެކީ ޝްރޯފް، ސޯނޫ ސޫދް، އަރުޖުން ރަމްޕާލް, ހަރްޝް ވަރުދަން ރަނޭ، ސިދާންތު ކަޕޫރުގެ އަދި ސަތްރުގަން ސިންހާގެ ފިރިހެން ދަރިފުޅު ލަވް ސިންހާގެ އިތުރުން މަޝްހޫރު ޓީވީ ތަރި ގުރުމީތް ޗައުދްރީއެވެ.

ޖޭޕީ ދައްތާ ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ގައެވެ.

މި ފިލްމްގެ  ވާހަކަ ބިނާކޮށްފައި ވަނީ 1967 ވަނަ އަހަރު ހިނގި ނަތު ލާ އަސްކަރީ ކުރިމަތިލުންތަކުގެ މައްޗަށެވެ. ފިލްމުގައި ދައްކުވައިދެނީ ސިއްކިމް ބޯޑަރުގައި ހިނގި ކުރިމަތިލުންތަކުގައި ޗައިނާގެ ފައުޖުތަކުން އިންޑިއާގެ ތެރެއަށް ވަނުން ހުއްޓުވުމަށް ކުރި މަސައްކަތުގައި އިންޑިއާގެ ފައުޖުތަކަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކިޔާ ނުދީ އޮތް ވާހަކައެކެވެ.

މި ފިލްމް ވެގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށް ޖޭޕީ ދައްތާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށެވެ.

ގައުމީ އެވޯޑް ވެސް ހާސިލްކޮށްފައިވާ ޖޭޕީ ދައްތާ ވަނީ "ބޯޑާ", "އެލްއޯސީ ކަރްގިލް" އަދި "ރެފިއުޖީ" ގެ އިތުރުން ވެސް ގިނަ ފިލްމްތަކެއް ޑައިރެކްޓް ކޮށްފައެވެ. އޭނާއަކީ ހަނގުރަމަތަކާއި އިންޑިއާގެ ސިފައިންނާ ބެހޭ ފިލްމުތައް ހެދުމުގައި ތަޖުރިބާކާރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް