18 އޭޕުރިލް 2019 | ބުރާސްފަތި | 11 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

އެއިރޯމެކްސިކޯ

މެކްސިކޯގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓިއްޖެ

  • ބޯޓުގައި 97 ފަސިންޖަރުންނާއި ހަތަރު ކްރޫ މެމްބަރުން ތިބި
  • ބޯޓް ވެއްޓުނީ ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
  • އެއްވެސް މީހަކު މަރުވެފައެއް ނުވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 1 އޯގަސްޓު 2018 | ބުދަ 08:15 | |

މަގުބޫލް

  1. ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޖާބިރު ވަކިކުރަނީ!
  2. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  3. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އެމްބްރެއަރ 190 ޖެޓް ވެއްޓުނީ އަންގާރަ ދުވަހުގެ ހަވީރު ހަތަރެއް ޖަހާކަންހާ އިރު -- އާކައިވް

އެއިރޯމެކްސިކޯގެ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް މެކްސިކޯގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ދުރަންގޯއަށް ވެއްޓިއްޖެއެވެ.

އެ ސްޓޭޓްގެ ގަވަރނަރ ވަނީ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިނުވާކަން ކަށަވަރުކޮށްދެއްވާފައެވެ.

މެކްސިކޯ ސިޓީން ފުރި އެމްބްރެއަރ 190 ޖެޓް އަންގާރަ ދުވަހުގެ ހަވީރު ހަތަރެއްޖަހާކަންހާއިރު ވެއްޓުނުއިރު ބޯޓުގައި 97 ފަސިންޖަރުންނާއި ހަތަރު ކްރޫ މެމްބަރުން ތިބި ކަމަށް މެކްސިކޯގެ ކޮމިއުނިކޭޝަން އެންޑް ޓްރާންސްޕޯޓް މިނިސްޓަރ ޚިރާރްދޯ ރުއީޒް އެސްޕަރްޒާ ޓްވިޓަރގައި ވިދާޅުވެފައި ވެއެވެ.

އެ ގައުމުގެ ޓީވީ ޗެނަލްއެއްގައި ވާހަކަދައްކަވަމުން ސިވިލް ޕްރޮޓެކްޝަން އޮތޯރިޓީގެ ތަރުޖަމާނު އަލެހަންދްރޯ ކަރްދޯސާ ވިދާޅުވީ ބޯޓް ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަރޕޯޓާއި 10 ވަރަކަށް ކިލޯމީޓަރ ދުރަށް ކުއްލިހާލަތުގައި ޖައްސާފައިވާ ކަމަށެވެ.

ކަރްދޯސާ ވިދާޅުވީ 85 ވަރަކަށް މީހުން ޒަޚަމްވި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ. ބޯޓް ވެއްޓުމާ ގުޅިގެން އަލިފާން ރޯވިއެވެ. 

"ވަރަށް ގިނަ މީހުން ހުސްފަޔާ ބޯޓުން ނުކުތް" އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް