15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވާރލްޑް ބޭންކް

މާލީ ނިޒާމް ހަރުދަނާކުރުމަށް ވާރލްޑް ބޭންކުން 12 މިލިއަން ޑޮލަރު ދީފި

  • މިއެހީގެ ބޮޑުބަޔަކީ ހިލޭ އެހީ
މިއުވާން މުހައްމަދު | Miuvaan

| 1 އޯގަސްޓު 2018 | ބުދަ 04:13 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


ފިނޭންސް މިނިސްޓަރ މުނައްވަރު(ކ) ވާރލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަރ ރިޑީހޯ (ވ) އާއިއެކު -- ފިނޭންސް މިނިސްޓްރީ

ދިވެހި ދައުލަތުގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ވާރލްޑް ބޭންކުން ރާއްޖެއަށް 12 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ. 

މި އެހީގެ އެއްބަސްވުމުގައި ސޮއިކުރީ އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއެކުރެއްވީ މާލީ ވަޒީރު އަހުމަދު މުނައްވަރެވެ. އަދި ވާރލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ ވާރލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރ އައިޑާ ރިޑީހޯއެވެ. 

މިރަސްމިއްޔާތުގައި މިނިސްޓަރ މުނައްވަރު ވިދާޅުވީ މި އެހީގެ ބޮޑު ބަޔަކީ ހިލޭ އެހީކަމަށާއި، ވާރލްޑް ބޭންކުގެ އެހީގައި ސަރުކާރުގެ މާލީ ނިޒާމް ބެލެހެއްޓުން ހަރުދަނާކޮށް، އެކަމަށް ބޭނުންވާ ސިސްޓަމްތައް ތަރައްޤީކޮށް އަދި މީހުން ތަމްރީންކުރާނެކަމަށެވެ. 

މި އެހީއަކީ މިިދިޔަ މަހު ވާރލްޑް ބޭންކުގެ ގަވަރނިން ބޯޑުން އެޕްރޫވްކުރި އެހީއެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއެހީއަކީ ރާއްޖޭގެ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާކޮށް، ދަރަންޏާއި ފައިސާ ބެލެހެއްޓުމާއި، މާލީ ރިޕޯޓިންގ އަދި ޕްރޮކިއުމަންޓް މަސައްކަތްތައް ރާވާ ބަޖެޓްކުރުން ހަރުދަނާކުރުމަށް ވާރލްޑް ބޭނުންކުން ދޭން ނިންމި އެހީއެކެވެ. 

މިއެހީގެ ދަށުން ބަޖެޓް ސިސްޓަމް ހަރުދަނާވެ، މާލީ މައުލޫމާތު އާއްމުކުރުމަށް ފަސޭހަވެގެންދާނެކަމަށް ވާރލްޑް ބޭންކުން ފާހަގަކުރެއެވެ. އަދި މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ނިޒާމް ހަރުދަނާކުރުމަށްވެސް މިކަމުގެ ސަބަބުން ފަސޭހަވެގެންދާނެކަމަށް ވާރލްޑް ބޭންކުން އުއްމީދުކުރެއެވެ. 

މިނިޒާމްގެ ސަބަބުން މާލީ މައުލޫމާތު އާއްމުކުރުމަށް ފަސޭހަވާނެކަމަށް ވާރލްޑް ބޭންކުން ބުނެފައިވާއިރު، ދައުލަތުގެ މާލީ މައުލޫމާތު ހާމަކުރާނެކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އިންތިޚާބާއި ދިމާކޮށް ފިނޭންސް މިނިސްޓްރީއިން މިކަން ހާމަކޮށްފައިވާއިރު، މިއީ އެމްޑީޕީގެ ސަރުކާރުން މީގެ ކުރިން ކޮށްފައިވާ ކަމެކެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ މިދަނޑިވަޅަކީ ސަރުކާރުން އާއްމުކުރާ މައުލޫމާތުގެ ސައްހަކަމާއިމެދުވެސް އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދާ ދުވަސްވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް