17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ޒިމްބާބުވޭގެ އިންތިޚާބު

ޒިމްބާބުވޭގެ އިންތިޚާބު: އިދިކޮޅު ކޯލިޝަނުން އަމިއްލައަށް ކާމިޔާބީ އިއުލާނުކޮށްފި

  • ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނެއް ނުކުރޭ
  • ވޯޓްލުމުގެ ހައްގުލިބިފައިވާ 70 އިންސައްތަ މީހުން ވޯޓުލި
އަބުދުﷲ މުހައްމަދު | 8Abbo

| 1 އޯގަސްޓު 2018 | ބުދަ 02:34 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި


މޫވް މެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އަށް ތާއީދުކުރާ ފަރާތްތަކުން އިންތިޚާބުގެ ކާމިޔާބީ ފާހަގަކޮށް އުފާފާޅުކުރަނީ -- ބީބީސީ

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރައްވައިފިކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

މޫވް މެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދުން ބުނެފައިވަނީ ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީއިން ވޯޓް އޮޅުވާލައި، ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބު ކާމިޔާބު ކުރެއްވިކަމަށް އިއުލާނުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރުން ލަސްކުރަމުންދިއުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ.

އިންތިޚާބާއި ބެހޭ ކޮމިޝަނުން ވަނީ ވޯޓު ގުނުމަށް ވަގުތު ބޭނުންވާ ކަމަށާއި ކެތްތެރިވެގެން ތިބުމަށް އެދިފައެވެ.

މި އިންތިޚާބަކީ އެގައުމުގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރޮބަރޓް މުގާބޭ މިދިޔަ އަހަރުގެ ނޮވެމްބަރު މަގާމުން ދުރުކުރުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ.

ބައިނަލްއަގްވާމީ އޮބްޒަރވަރުން މޮނިޓަރކުރި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ  70 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.

ވެރިރަށް ހަރާރޭގައި އެމްޑީސީ އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިއްތިހާދުގެ މެމްބަރު ޓެންޑައި ބިޓީ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ޒަނޫ-ޕީއެފް ޕާޓީން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާކަމުގެ ސާފު ހެކި އެބަހުރިކަމަށެވެ.

އޭނާވަނީ ޒިމްބާބުވޭ އިތުރު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާނުލުމަށް އިންޒާރު ދެއްވާފައެވެ.

ޒަނޫ-ޕީއެފް ޕާޓީގެ ތަރުޖަމާނު ބީބީސީގައި ވިދާޅުވެފައިވަނީ އެމްޑީސީއިން އެ ދައްކާ ވާހަކައިގެ އެއްވެސް އަސްލެއް ނެތްކަމަށެވެ.

މީގެ އިތުރުން ދާޚިލީ ވަޒީރު އޮބަރޓް ޕޯފޫ ވިދާޅުވެފައިވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނު ނުކުރަނީސް ކާމިޔާބީ އިއުލާނުކުރުމަކީ ގާނޫނާ ބީރައްޓެހިކަމެއްކަމަށެވެ.

އިނގިރޭސިންގެ އަތްދަށުން ޒިމްބާބުވޭއަށް 1980 ވަނަ އަހަރު މިނިވަންކަން ލިބުނުފަހުން އެ ގައުމުގެ ވެރިކަމުގައި ހުންނެވި ރޮބަރޓް މުގާބޭ ވެރިކަމުގައި ބެހެއްޓުމަށްޓަކައި މީގެ ކުރިން ބޭއްވި އިންތިޚާބުތައް އޮޅުވާލާފައިވާކަމަށް ޒަނޫ-ޕީއެފްޕާޓީގެ މައްޗަށްވަނީ ތުހުމަތު ކުރެވިފައެވެ.

ރައީސް އެމަސަން ނަންގަގްވާވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެކަމަށް ވައުދުވެ ވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް