23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ފަތިސް 04:43
އިރުއަރާ 05:56
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ލޮމްބޮކްއަށް އައި ބިންހެލުން

ލޮމްބޮކްއަށް އައި ބިންހެލުން: ފަރުބަދަމަތީގައި ތާށިވި މީހުން ސަލާމަތްކޮށްފި

  • މި ބިންހެލުމުގައި 14 މީހުން މަރުވި
  • ބިންހެލުން އައީ 6.4 މެގްނިޓިއުޑްގައި
އަބުދުﷲ މުހައްމަދު | 8Abbo

| 1 އޯގަސްޓު 2018 | ބުދަ 01:31 | |

މަގުބޫލް

  1. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  2. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  3. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ


މައުންޓް ރިންޖާނީގައި 500 އަށް ވުރެ ގިނަ ޓޫރިސްޓުން ތާށިވި ކަމަަށް އޮފިޝަލުން ބުނޭ -- އާކައިވް

އިންޑޮނީޝިއާގެ މެދުތެރޭގެ ރަށެއް ކަމަށްވާ ލޮމްބޮކަށް 6.4 މެގްނިޓިއުޑްގައި އާދީއްތަ ދުވަހު އައި ބިންހެލުމަށް ފަހު، ފަރުބަދަ މަތީގައި ތާށިވެ ނުފޭބިފައި ތިބި 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފިއެވެ.

މައުންޓް ރިންޖާނީގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް, މީހުން ސަލާމަތް ކުރުމުގައި މަސައްކަތްކުރާ އެތައް ސަތޭކަ މީހުން މަސައްކަތްކޮށްފައި ވެއެވެ.

ކަމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި 500 އަށް ވުރެ ގިނަ ޓޫރިސްޓުން ފަރުބަދަ މަތިން ބާލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ބޭރު ގައުމުތަކުގެ ޓޫރިސްޓުންނެވެ.

މަރުވި މީހުންގެ ތެރޭގައި ފަރުބަދައަށް އެރި މެލޭޝިއާގެ ޓޫރިސްޓަކު ހިމެނެއެވެ. އޭގެ އިތުރުން ވެއްޓުނު ހިލަތަކުން ޖެހި އިންޑޮނީޝިއާގެ ޒުވާނަކު ވަނީ މަރުވެފައެވެ.

މައުންޓް ރިންޖާނީގައި ތާށިވެފައި ތިބި ޓޫރިސްޓުންގެ ތެރޭގައި ފްރާންސާއި، ތައިލެންޑާއި، ނެދަލޭންޑާއި، މެލޭޝިއާގެ ޓޫރިސްޓުން ހިމެނެއެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލު ލޮމްބޮކްގައި ހުންނަ މައުންޓް ރިންޖާނީއަކީ ވެސް ފަރުބަދައަށް އަރާ އުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ތަނެކެވެ.

އާދީއްތަ ދުވަހު އައި ބިންހެލުން އައިސްފައި ވަނީ ފަރުބަދައިގެ ބުޑުންނެވެ. އެ ބިންހެލުމުގައި މަދުވެގެން 14 މީހުން މަރުވެ 160 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއެވެ.

އެތައް ހާސް ގެއެއް ހަލާކުވި އިރު އެތައް ސަތޭކަ ބަޔަކު ގެދޮރު ގެއްލުނެވެ. ބިންހެލުމަށް ފަހު އައި ގުޑުންތަކުގެ އަސަރު ލޮމްބޮކްގެ އިތުރުން އަވަށްޓެރި ބާލީ އަށް ވެސް ކޮށްފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޝައުގެވެރިވާ ލޮމްބޮކް އޮންނަނީ ޓޫރިސްޓް މަންޒިލެއް ކަމަށްވާ ބާލީގެ އިރުން 40 ވަރަކަށް ކިލޯމީޓަރު ދުރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް