26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އަފްޣާނިސްތާނުގެ ހަމަނުޖެހުން

ޖާލާލްއާބާދުގެ ސަރުކާރު އިމާރާތަކަށް ވަދެ ބަޑިން ހަމަލާދީ 15 މީހުން މަރާލައިފި

  • 15 މީހުން މަރުވެ 15 މީހުން ޒަޚަމްވި ކަމަށް އޮފިޝަލަކު ވިދާޅުވޭ
  • އެތައް ގަޑިއިރުތަކަކަށް ހިޞާރު ދެމިގެންދިޔަ
އަބުދުﷲ މުހައްމަދު | 8Abbo

| 1 އޯގަސްޓު 2018 | ބުދަ 01:11 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


އަންގާރަ ދުވަހު ޖަލާލްއާބާދުގައި ހަމަލާ ދެވުނު އިމާރާތުގެ ކައިރިއަށް ސަލާމަތީ ބާރުތަކުން ޖަމާވެފައި -- އާކައިވް

އަފްޣާނިސްތާނުގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ ޖަލާލްއާބާދުގެ ސަރުކާރު އިމާރާތަކަށް ދެ ހަނގުރާމަވެރިއަކު ވަދެ އެތައް ބަޔަކު ރަހީނުކުރުމުން ސަލާމަތީ ބާރުތަކުން އެ ދެ މީހުންނާ ކުރިމަތިލައިފިއެވެ.

ރެފިއުޖީންނާއި ހަނގުރާމައިގައި ގެއްލުން ލިބޭ ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން އިންތިޒާމްކުރާ އޮފީސް އަންގާރަ ދުވަހު ހިސާރުކުރީ އިމާރާތުގެ ދޮރުމަތީގައި މީހަކު ހަށިގަނޑު ގޮއްވާލައިގެން ދިން ހަމަލާއަކަށް ފަހުއެވެ. އެތައް ގަޑިއިރުތަކަކަށް ހިޞާރު ދެމިގެން ގޮސްފައިވާއިރު ދޭތެރެ ދޭތެރެއިން ބަޑީގެ އަޑާއި އެއްޗހި ގޮއްވާ އަޑު އިވެއެވެ.

ނަންގަހާރު ޕްރޮވިންސްގެ ތަރުޖަމާނު އަތާއުﷲ ޚޮގްޔާނީ ވިދާޅުވީ ހިސާރު ނައްތާލެވުނީ ދެ ހަނގުރާމަވެރިން މަރާލައި އިމާރާތުގެ ބޮޑުބައެއް ވެސް ހަލާކުވެގެން ކަމަށެވެ.

އޭނާ ވިދާޅުވީ 15 މީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ސަރަހައްދު ބަލަމުންދާއިރު މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އަދަދު އިތުރުވުން އެކަށީގެން ވާކަމަށެވެ.

ޕްރޮވިންސްގެ ކައުންސިލް މެމްބަރެއް ކަމަށްވާ ޝަހްރަބު ޤަދްރީ ވިދާޅުވީ އަށް މީހުން މަރުވެފައިވާއިރު 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާނެ ކަމަށެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި އުފުލާފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް